މި ފޮޓޯގައި ދައްކުވައިދެނީ އެންއެސްއެފް-ޑީއޯއީ ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީން ނެގި ވަރގޯ ގެލެކްސީ ކްލަސްޓަރގެ ކުޑަ ބައެކެވެ. މީގެ ތެރޭގައި ދެ ސްޕައިރަލް ގެލެކްސީ (ތިރީ ކަނާތްފަރާތުގައި) އަދި ގުޅެމުންދާ ތިން ގެލެކްސީ (މަތީ ކަނާތްފަރާތުގައި) ހިމެނެއެވެ.
އެންމެ ބޮޑު ކެމެރާއިން މިލިއަނުން ތަރިތަކާއި ކުރިން ނުފެންނަ ހާހުން ކުދި ގްރަހަތައް ފާހަގަކޮށްފި
ތަރިތައް ވިދަވިދާ ހުރިއިރު، އެއީ ރޭގަނޑުގެ އަނދިރި އުޑުމަތީގައި ފެނުނު ނާދިރު މަންޒަރެކެވެ. ވެރާ ރޫބިން އޮބްޒަވޭޓަރީން ދުނިޔޭގެ އެންމެ ބޮޑު ކެމެރާއިން ނެގި ފުރަތަމަ ފޮޓޯތަކަކުން ދައްކުވައިދެނީ މިހާތަނަށް ނުފެންނަ މިލިއަނުން ތަރިތަކާއި ހާހުން ކުދި ގްރަހަތައް ފެންނަން ފަށައިފިކަމެވެ. ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަކަށް މި އޮބްޒަވޭޓަރީން ވަނީ ކައިނާތުގެ ފުންމިނަށް އަލިކަން ފޯރުކޮށްދީފަ އެވެ.
އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަންއިން ފުރަތަމަ ދެއްކި މަދު ފޮޓޯތަކަކާއި ކުރު ވީޑިއޯއެއްގެ އިތުރުން، ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީގައި ބޭނުންކުރާ އެންމެ ބޮޑު ކެމެރާއިން ނެގި އިތުރު ފޮޓޯތަކާއި ވީޑިއޯތައް ހޯމަ ދުވަހު ވަނީ އެ އިދާރާގެ ޔޫޓިއުބް ޗެނަލްގައި ޝާއިއުކޮށްފައެވެ.
މި އޮބްޒަވޭޓަރީއަކީ ނޭޝަނަލް ސައިންސް ފައުންޑޭޝަނާއި އެނާޖީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ސައިންސްއިން ގުޅިގެން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެކެވެ.
މި އާ ފޮޓޯތަކަކީ 10 ގަޑިއިރަށްވުރެ ކުޑަ ވަގުތެއްގައި ޓެސްޓް ކުރުމަށް ނެގި ފޮޓޯތަކެކެވެ. މިއީ އޮބްޒަވޭޓަރީގެ 10 އަހަރު ދުވަހުގެ މިޝަންގެ ކުރު ޕްރިވިއުއެއް ކަމުގައި ބެލެވެ އެވެ. މި މިޝަންގެ ބޭނުމަކީ މިހާތަނަށް ނުފެންނަ ގޮތަކަށް ކައިނާތުގެ ސިއްރުތައް ދިރާސާކުރުމެވެ.
Want to instead explore the Virgo Cluster as captured by Rubin at full resolution? Head to our Skyviewer and enjoy some cosmic joyscrolling! There's so much to explore and discover ✨ #RubinFirstLook #CaptureTheCosmos
— NSF-DOE Rubin Observatory (@VRubinObs) June 23, 2025
➡️ https://t.co/t7VREBAxAQ pic.twitter.com/UXLxFSZRl2
"އެންއެސްއެފް-ޑީއޯއީ ރޫބިން އޮބްޒަވޭޓަރީން ކައިނާތާ ބެހޭގޮތުން ނެގޭނީ މިހާތަނަށް ދުނިޔޭގެ ހުރިހާ އޮޕްޓިކަލް ޓެލެސްކޯޕްތަކުން ޖުމްލަކޮށް ނެގުނު މައޫލޫމާތަށްވުރެ ގިނަ މަޢުލޫމާތެވެ،" ނޭޝަނަލް ސައިންސް ފައުންޑޭޝަންގެ ޗީފް އޮފް ސްޓާފް ބްރަޔަން ސްޓޯން ވިދާޅުވި އެވެ. އޭނާއަކީ މިވަގުތު އެންއެސްއެފްގެ ޑިރެކްޓަރުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ފަރާތެވެ .
-
އޮބްޒަވޭޓަރީގެ ފުރަތަމަ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ 2,104 ކުދި ގްރަހައް ހޯދުމެވެ. މީގެ ތެރޭގައި ހިމެނެނީ 7 ކުދި ގްރަހެވެ. މިއީ ދުނިޔެއާ ކައިރިން ދަތުރުކުރާ، އަދި މީގެކުރިން ދުވަހަކުވެސް ނުފެންނަ ކުދި ގްރަހެވެ.
-
އޮބްޒަވޭޓަރީގެ ސައިންޓިސްޓުން ބުނާގޮތުގައި އަލަށް ފެނުނު ދުނިޔެއާ ކައިރިން ދަތުރުކުރާ ކުދި ގްރަހައިގެ ތެރެއިން އެއްވެސް ގްރަހަކުން ދުނިޔެއަށް ނުރައްކަލެއް ނެތެވެ.
This expansive image of Trifid and Lagoon reveals dust lanes and star clusters that make this part of the Milky Way come alive.
— NSF-DOE Rubin Observatory (@VRubinObs) June 23, 2025
The exquisite detail in this image demonstrates the exceptional quality of Rubin’s entire system — from its telescope, to camera, to data systems. pic.twitter.com/WzFsGiITKe
ބިންމަތީގައި ހަދާފައިވާ އޮބްޒަވޭޓަރީތަކާއި ފަޒާގައި ގާއިމްކޮށްފައިވާ އޮބްޒަވޭޓަރީތަކުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 20,000 ކުދި ގްރަހައް ފެންނައިރު، ރޫބިން އޮބްޒަވޭޓަރީން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މިލިއަނުން ކުދި ގްރަހަ ފެންނާނެކަމަށް ނޭޝަނަލް ސައިންސް ފައުންޑޭޝަންއިން ބުނެ އެވެ.
މި ޓެލެސްކޯޕަކީ އަޅުގަނޑުމެންގެ ސޯލަރ ސިސްޓަމްގެ ތެރެއިން ދަތުރުކުރާ އިންޓަސްޓެލާ ކޮމެޓްތަކާއި ކުދި ގްރަހައް ހޯދުމަށް އެންމެ އެކަށީގެންވާ ގޮތް ކަމަށްވެސް ބެލެވެ އެވެ.
އޮބްޒަވޭޓަރީގެ ޑިޒައިން، ހާއްސަ ކެމެރާ އަދި ޓެލެސްކޯޕްގެ ބާރުމިނަކީ އޭގެ ބާވަތުގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ޓެކްނޮލޮޖީއެވެ. މިއީ ކުދި، ކަޅު ވަޅުތައް ފަދަ އެއްޗެހި ހޯދުމަށް ރޫބިން ރަސަދުޚާނާ ޤާބިލުކަން ހޯދައިދޭ ސަބަބުތަކެވެ.
-
މި އޮބްޒަވޭޓަރީން ކޮންމެ ރެއަކުވެސް އެެތައް ހާސް ފޮޓޯއެއް ނަގާނެއެވެ. މީގެ ސަބަބުން އަލިކަމަށް އަންނަ ބަދަލުތައް ފާހަގަކޮށް، އެހެން ގޮތަކަށް ނުފެންނާނެ ކުދި ގްރަހައް ފެންނާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ދުނިޔެއާ ޖެހިދާނެ ކުދި ގްރަހެވެ.
ހޯމަ ދުވަހު ހިއްސާކުރި ޕްރިވިއުގެ ތެރޭގައި އޮބްޒަވޭޓަރީން ނެގި 1,100 އަށްވުރެ ގިނަ ފޮޓޯއިން ހަދާފައިވާ ވީޑިއޯއެއް ހިމެނެ އެވެ. މި ވީޑިއޯ ފެށެނީ ދެ ގެލެކްސީއެއްގެ ތަފްސީލު މަންޒަރަކުންނެވެ.
-
އެއަށްފަހު ވީޑިއޯ ދައްކުވައިދެނީ ކެމެރާއިން ފެންނަ ގާތްގަނޑަކަށް 10 މިލިއަން ގެލެކްސީ އެވެ. މިއީ ރޫބިން އޮބްޒަވޭޓަރީން 10 އަހަރުގެ ތެރޭގައި ދިރާސާކުރާނެ 20 ބިލިއަން ގެލެކްސީގެ ތެރެއިން ގާތްގަނޑަކަށް %0.05 އެވެ.
އޮބްޒަވޭޓަރީގެ ޓީމުން އަދި އިތުރަށް ދައްކުވައިދިނީ ޓްރައިފިޑް އަދި ލަގޫން ނެބިއުލާގެ މޮޒެއިކެކެވެ. މިއީ ސެގިޓެރިއަސް ކޮންސްޓެލޭޝަންގައި ހުންނަ، ވިލާތަކާ އެއްފަދަ ތަރިތައް އުފެދޭ ސަރަހައްދުތަކެކެވެ.
-
މި މޮޒެއިކަކީ 678 ވަކި ފޮޓޯއިން ހަދާފައިވާ އެއްޗެކެވެ. މިއީ ހަތް ގަޑިއިރުގެ ތެރޭގައި ނެގި ފޮޓޯ އެވެ. މީގެ ސަބަބުން ކުރިން ނުފެންނަ ކަޅު އަދި ކުރިން ނުފެންނަ ތަފްސީލު ފެންނަން ފަށައިފިއެވެ. މީގެ ތެރޭގައި ނެބިއުލާގައި ހުންނަ ގޭހާއި ކަޅު ވިލާތައް ހިމެނެ އެވެ. މި ނެބިއުލާތައް ހުންނަނީ ދުނިޔެއިން އެތަކެއް ހާސް އަލި އަހަރު ދުރުގަ އެވެ.
ފުރަތަމަ ފޮޓޯތައް ނެގީ ޓެލެސްކޯޕްގެ ބެލުމުގެ ދާއިރާ ދައްކުވައިދިނުމަށެވެ. މިގޮތުން ގުޅިފައިވާ ގެލެކްސީތަކުގެ ތަފްސީލު މަންޒަރާއި މިލިއަނުން ގެލެކްސީތަކުގެ ފުޅާ މަންޒަރު ދައްކުވައިދިނުމަށްކަމަށް ރޫބިން އޮބްޒަވޭޓަރީގެ ޑާޓާ މެނޭޖްމަންޓް ސަބްސިސްޓަމްގެ ޑެޕިއުޓީ އެސޯސިއޭޓް ޑިރެކްޓާ ޑރ. ޔުސްރާ އަލްސައްޔާދު ވިދާޅުވި އެވެ.
ޗިލީގައި ހުންނަ އެންޑީސް އަދި ސެރޯ ޕަޗޯންގެ މަތީގައި ހުންނަ މި އޮބްޒަވޭޓަރީއަކީ ގާތްގަނޑަކަށް 20 އަހަރުގެ މަސައްކަތުން ދާދި ފަހުން ނިމިގެން އައި ތަނެކެވެ.
This is it. The FIRST released video from @VRubinObs. A new era of astronomy starts now! ✨
— NOIRLab (@NOIRLabAstro) June 23, 2025
How many galaxies do you think are in this image? 10 MILLION 🤯
Here, Rubin’s view is focused on the southern region of the Virgo Cluster.
📹: RubinObs/NOIRLab/SLAC/NSF/DOE/AURA pic.twitter.com/dwVeo3wzsn
މި އޮބްޒަވޭޓަރީން 8.4-މީޓަރު (27.5-ފޫޓު) ސިމޮނީ ސަރވޭ ޓެލެސްކޯޕް ބޭނުންކޮށްގެން ސަތަން ހެމިސްފިއާގެ އުޑުގެ ފުރަތަމަ ސައިންޓިފިކް އޮބްޒަވޭޝަންތައް ނަގާނީ ޖުލައި 4 ގައެވެ. މިއީ "ފަސްޓް ލައިޓް" ގެ ނަމުން މަޝްހޫރުވެފައިވާ ކަމެކެވެ.
ޓެލެސްކޯޕް ހުންނަނީ ސަތަން ހެމިސްފިއާގައި ކަމުން މިލްކީވޭގެ ގެލެކްޓިކް ސެންޓަރުގެ ރީތި މަންޒަރު ފެންނާނެއެވެ.
ސެންޓްރަލް ޗިލީގައި ހުންނަ މި ސަރަހައްދަކީ އެހެން ބިންމަތީގައި ހަދާފައިވާ އޮބްޒަވޭޓަރީތައް ބިނާކޮށްފައިވާ ތަނެކެވެ. މިތަނަކީ ތެތްކަމެއް ނެތް ވައި އަދި އަނދިރި އުޑުގެ ސަބަބުން ފަލަކީ ދިރާސާތައް ކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ބެލެވެ އެވެ.