ޑޮނަލްޑްޖޮހާންސަން އެސްޓެރޮއިޑްގެ މަންޒަރު ލޫސީ ލޯންގް-ރޭންޖް ރެކޮނިސަންސް އިމޭޖަރއިން ފެންނަ ގޮތް. މިއީ ނާސާގެ ލޫސީ ސްޕޭސްކްރާފްޓުން އޭގެ ފްލައިބައިގައި ފޮނުވި އެންމެ ސާފު ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް. ފޮޓޯ ނަގާފައިވަނީ 20 އޭޕްރިލް 2025ގައި މެންދުރުފަހު 1:51ގައި (17:51 ޔޫޓީސީ).

ނާސާ

ނާސާގެ ލޫސީ ސްޕޭސްކްރާފްޓުން ޑޮނަލްޑްޖޮހާންސަން އެސްޓެރޮއިޑްގެ އާދަޔާ ޚިލާފު ފޮޓޯއެއް ހާމަކޮށްފި

8 ކިލޯމީޓަރު ދިގު، 3.5 ކިލޯމީޓަރު ފުޅާ މި އެސްޓެރޮއިޑް ސައިންޓިސްޓުން އަންދާޒާކުރި ވަރަށްވުރެ ބޮޑުކަމާއި މިއީ ޖުޕިޓާ ކައިރީގައިވާ މުހިއްމު އިތުރު އެސްޓެރޮއިޑްތަކާ ބައްދަލުކުރުމުގެ ޑްރެސް ރިހާސަލެއްކަމުގައި ބުނޭ
23 އޭޕްރީލު 2025

ނާސާގެ ލޫސީ ސްޕޭސްކްރާފްޓުން އޭގެ އެންމެ ފަހުގެ އެސްޓެރޮއިޑް ފްލައިބައިއިން ނެގި ފޮޓޯތައް ފޮނުވައިފައިވާއިރު، މި ފޮޓޯތަކުން ދައްކައިދެނީ ދިގު އާދަޔާ ޚިލާފު ސިފައެއްގައި ހުރި ބޮޑު ޖައްވީ ހިލައެކެވެ.

ނާސާއިން މި ފޮޓޯތައް ހާމަކޮށްފައިވަނީ އާދީއްތަ ދުވަހުގެ ކްލޯސް އެޕްރޯޗަށް ފަހު، ހޯމަ ދުވަހު އެވެ. މި ބައްދަލުވުން ބެލެވެނީ ޖުޕިޓާއާ ކައިރިން ކުރިއަށް އޮތް އިތުރު މުހިއްމު އެސްޓެރޮއިޑް ބައްދަލުވުންތަކަށް ކުރެވުނު ޑްރެސް ރިހާސަލެއް ކަމުގަ އެވެ.

  • މި އެސްޓެރޮއިޑަކީ ސައިންޓިސްޓުން އަންދާޒާކުރި ވަރަށްވުރެ ބޮޑު އެއްޗެއް ކަމަށާއި، އޭގެ ދިގުމިނުގައި 8 ކިލޯމީޓަރު ހުރި ކަމަށާއި، އެންމެ ފުޅާ ހިސާބުގައި 3.5 ކިލޯމީޓަރު ހުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މިއީ އެހާ ދިގު އެއްޗަކަށްވާތީ، ސްޕޭސްކްރާފްޓަށް އޭގެ ފުރިހަމަ ފޮޓޯތަކެއް ނުނެގެ އެވެ.

ނާސާގެ ބަޔާނުގައިވާ ގޮތުން، ކުރިއަށް އޮތް ހަފްތާގައި ލިބޭނެ ޑޭޓާއިން އެސްޓެރޮއިޑްގެ ސިފަ އިތުރަށް ސާފުވެގެންދާނެ އެވެ.

  • ލޫސީ ސްޕޭސްކްރާފްޓް އާދީއްތަ ދުވަހު ޑޮނަލްޑްޖޮހާންސަން ނަމަކަށް ކިޔާ ނުރައްކާތެރިކަމެއް ނެތް މި އެސްޓެރޮއިޑާ ދެމެދު ހުރި ދުރުމިނަކީ 960 ކިލޯމީޓަރެވެ. މި އެސްޓެރޮއިޑް އޮތީ މާސް އަދި ޖުޕިޓާއާ ދެމެދުގައި އޮންނަ މައި އެސްޓެރޮއިޑް ބެލްޓުގަ އެވެ. މި އެސްޓެރޮއިޑަށް މި ނަން ދީފައިވަނީ 50 އަހަރު ކުރިން އިތިޔޯޕިޔާއިން ލޫސީ ނަމަކަށް ކިޔާ ފޮސިލް ހޯދި ޕެލިއޮންތޮލޮޖިސްޓްގެ ނަމުންނެވެ.

ނާސާގެ ލޫސީ ސްޕޭސްކްރާފްޓަކީ މިހާތަނަށް ދިރާސާނުކުރެވޭ ޖުޕިޓާއާ ކައިރީގައިވާ ޓްރޯޖަން އެސްޓެރޮއިޑްތައް ދިރާސާކުރުމަށް 2021ގައި ފޮނުވާފައިވާ އުޅަނދެއް. 2033އާ ހަމައަށް މި އުޅަނދުން އަށ ޓްރޯޖަން އެސްޓެރޮއިޑް ފްލައިބައި ހެދުމަށް ރޭވިފައިވޭ.

މި ސްޕޭސްކްރާފްޓް ފޮނުވާފައިވަނީ 2021ގައި ޖުޕިޓާއާ ކައިރީގައި ހުރި އަދި މިހާތަނަށް ދިރާސާނުކުރެވޭ 'ޓްރޯޖަން' އެސްޓެރޮއިޑްތައް ދިރާސާކުރުމަށެވެ. ޓްރޯޖަން އެސްޓެރޮއިޑްތަކުގެ 8 ފްލައިބައި 2033 އާ ހަމައަށް ރޭވިފައިވެ އެވެ.

 ލޫސީ މިޝަންގެ 11 އެސްޓެރޮއިޑަކަށް ޒިޔާރަތްކުރާ ދަތުރުގެ ތަފްސީލް

  • ނަން: ލޫސީ

  • ދަތުރު ފެށި ތާރީޚް: 16 އޮކްޓޯބަރ 2021

  • ލޯންޗް ވެހިކަލް: އެޓްލަސް ވީ 401 ރޮކެޓް

  • ލޯންޗް ސައިޓް: ކޭޕް ކެނޭވެރަލް ސްޕޭސް ފޯސް ސްޓޭޝަން، ފްލޮރިޑާ

  • މިޝަންގެ މުއްދަތު: 12 އަހަރު (2021-2033)

  • މިޝަންގެ ބާވަތް: ގިނަ އެސްޓެރޮއިޑްތަކެއްގެ ފްލައިބައި

  • އޮޕަރޭޓާ: ނާސާ، ސައުތްވެސްޓް ރިސާޗް އިންސްޓިޓިއުޓް (އެސްޑަބްލިއުއާރްއައި) އަދި ލޮކްހީޑް މާޓިން އާ ގުޅިގެން

  • ޖުމްލަ ޚަރަދު: ގާތްގަނޑަކަށް 981 މިލިއަން ޑޮލަރު

އެސްޓްރޮއިޑް ޓާގެޓްތަކާއި ތާވަލު: ލޫސީ މިޝަނުގައި ޖުމްލަ 11 އެސްޓެރޮއިޑަކަށް ޒިޔާރަތްކުރާނެ:

  • 1-

    ޑިންކިނެޝް (މައި ބެލްޓް) - ފްލައިބައި 1 ނޮވެންބަރު 2023

  • 2-

    ޑޮނަލްޑްޖޮހަންސަން (މައި ބެލްޓް) - ފްލައިބައި 20 އޭޕްރިލް 2025

  • 3-

    ޔޫރިބޭޓްސް (ޓްރޯޖަން، އެލް4) - ފްލައިބައި 12 އޯގަސްޓް 2027

  • 4-

    ކުއެޓާ (ޔޫރިބޭޓްސްގެ ހަނދު) - ފްލައިބައި 12 އޯގަސްޓް 2027

  • 5-

    ޕޮލިމީލް (ޓްރޯޖަން، އެލް4) - ފްލައިބައި 15 ސެޕްޓެންބަރު 2027

  • 6-

    ލިއުކަސް (ޓްރޯޖަން، އެލް4) - ފްލައިބައި 18 އޭޕްރިލް 2028

  • 7-

    އޯރަސް (ޓްރޯޖަން، އެލް4) - ފްލައިބައި 11 ނޮވެންބަރު 2028

  • 8-

    ޕެޓްރޮކްލަސް (ޓްރޯޖަން، އެލް5) - ފްލައިބައި 3 މާރިޗް 2033

  • 9-

    މެނޯޓިއަސް (ޕެޓްރޮކްލަސްގެ ހަނދު) - ފްލައިބައި 3 މާރިޗް 2033

އިތުރު އާޓިކަލް

އިތުރު އާޓިކަލް