ނާސާގެ ކިއުރިއޮސިޓީ ރޯވާއިން މާސްގައި ނަގާފައިވާ ފޮޓޯއެއް: ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި މާސްގައި ގިނަ މިންވަރަކަށް ނައިޓްރޭޓްސް އެބަހުރި.

ނާސާގެ ޕާސިވިއަރަންސް ރޯވަރުން މާސްގެ 'ސެފަޔަ ކެނިޔަން' އިން 25 ވަނަ ސާމްޕަލް އެއްކޮށްފި

މާސްގެ ސާމްޕަލް ހިލައިގައި ހިމެނޭ ޚާއްޞަ ސިފަތަކުން، މާސްގައި އާދައިގެ މައިކްރޯސްކޯޕިކް ދިރުން ހުރިކަން ދެނެގަތުމަށް އެހީތެރިވެދޭނެކަމަށް ސައިންޓިސްޓުން ބުނެފައިވޭ
11 އޭޕްރީލު 2025

އެޕްރީލް 2024 ގެ ކުރީކޮޅު، ޕަރސެވީރަންސް ރޯވަރުން ސައިންޓިފިކްގޮތުން ހޮވުނު 28 ސާމްޕަލް ޚާއްސަ ޓިއުބްތަކެއްގައި ބަންދުކުރެވި، މާރސް ސާމްޕަލް ރިޓާން ކެމްޕޭންގެ ބައެއްގެ ގޮތުގައި އެއްކުރެވިފައިވެއެވެ. ދެން އޮތް މަރުހަލާއަކީ އެ ސާމްޕަލްތައް ދިރާސާކުރުމަށްޓަކައި ބިމަށް ގެނައުމެވެ.

  • ޕްލެނެޓަރީ ސައިންސް މުޖުތަމައުގެ އެންމެ މަތީ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ މާސް އިން އެއްކުރި ސާމްޕަލްތައް އަނބުރާ ދުނިޔެއަށް ގެނައުމަކީ އެހެން ޕްލެނެޓެއްގެ ބައިތަކެއް އަނބުރާ ގެނައުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ. އަދި މާސްގެ ތަރައްގީއާއި، އެ ޕްލެނެޓްގައި ކުރީގައި ދިރުން އޮތްކަމާއި، އެތާގެ މޫސުމާ ގުޅޭ އަސާސީ ސުވާލުތަކަށް ޖަވާބު ދިނުމަށް އެންމެ ރަނގަޅު ފުރުސަތަކީމި އެވެ. އަދި ހަމައެއާއެކު މިހާތަނަށް އަޅުގަނޑުމެންނަށް ވިސްނުމަށްވެސް ނުގެނެވޭ ސިއްރުތަކެއް ހާމަކުރުމަށްވެސް މަގުފަހިވާނެ އެވެ.

ނާސާ އިން ދަނީ މި މުހިންމު މަސައްކަތުގައި އީއެސްއޭ (ޔޫރަޕިއަން ސްޕޭސް އެޖެންސީ) އާ ގުޅިގެން މަސައްކަތްކުރަމުންނެވެ. މާސް ޕާސިވިރަންސްގެ މިޝަންގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ހިމެނެނީ އެސްޓްރޯބަޔޮލޮޖީ އެވެ. މީގެ ތެރޭގައި ހިމެނެނީ ކުރީޒަމާނުގެ މައިކްރޯބިއަލް ދިރުމުގެ ނިޝާންތައް ހޯދުމެވެ. އަދި މި ރޯވަރުން އެ ޕްލެނެޓްގެ ބިމުގެ ސިފަތަކާއި ކުރީގެ މޫސުމީ ހާލަތު ދެނެގަތުމާއި، ރަތް ޕްލެނެޓަށް އިންސާނުން ފޮނުވުމުގެ މަގު ތަނަވަސްކުރުމުގެ އިތުރުން، މާސްގެ ހިލަތައް  ރައްކާކުރާ ފުރަތަމަ މިޝަންގެ ގޮތުގައިވެސް މަސައްކަތްކުރަމުންދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް