ނާސާގެ ރޯވަރު ކިއުރިއޮސިޓީއިން 31 ފޮޓޯ ނަގާފައިވަނީ ގޭލް ކްރޭޓަރުގައި އޭގެ މާސްޓްގައި ހަރުކޮށްފައިވާ ރައިޓް ނެވިގޭޝަން ކެމެރާ (ނެވްކެމް) ބޭނުންކޮށްގެން. ކިއުރިއޮސިޓީއިން މި ފޮޓޯތައް ނަގާފައިވަނީ މާރިޗް 17، 2025ގައި.
12 އަހަރު ވަންދެން މާސްގައި ދިރާސާކުރަމުން އަންނަ ނާސާގެ ކިއުރިއޮސިޓީ ރޯވަރުން މައުންޓް ޝާޕް ފަރުބަދަ ދިރާސާކުރުން ކުރިއަށްދަނީ
މުޅިން ހިކިފައިވާ 'ދަނޑެއް'ގެ އަޑިން، ފެންފޮދެއް ނުފެންނަ ހިސާބުގައި، ކާރެއްގެ ސައިޒުގެ ނިއުކްލިއަ ހަކަތައިން ދުއްވާ ރޯވަރެއް ކުރީގެ 'ރަތް ޕްލެނެޓް'ގެ ވާހަކައެއް ކިޔައިދެއެވެ. 12 އަހަރު ވަންދެން 683,790 ފޮޓޯ ނަގައި، 21 މޭލް ދުއްވާފައިވާ ނާސާގެ ކިއުރިއޮސިޓީ ރޯވަރުގެ ފޮޓޯތަކުގައި ފެންނަނީ އަންދާޒާނުކުރެވޭ ވާހަކަ އެކެވެ. އެއީ ބިލިއަން އަހަރުތަކެއްގެ ކުރިން ފެނުން ފުރި، ކޯރުތައް ހިނގި، ދިރޭތަކެތި އުޅެފައިވެދާނެ ތަނެއްގެ ވާހަކަ އެވެ.
ނާސާގެ ކިއުރިއޮސިޓީ ރޯވަރު، މާސްގެ ކުރީގެ ތާރީޚު ތަހްގީގުކުރަމުން، 2012 އިން ފެށިގެން އުނދަގޫ ބިންތަކުގައި 21 މޭލަށް ވުރެ ދުރަށް ދަތުރުކޮށްފައިވާއިރު، 683,790 އަށްވުރެ ގިނަ ފޮޓޯ ނަގާފައިވެ އެވެ. ފަހުން ފެނުނު މަންޒަރަކުން ނާސާގެ ރޮބޮޓް މާސްގެ ފުޅާ ވިލާތަކަށް ނަޒަރު ހިންގާ މަންޒަރު ފެނުނެވެ.
ގާތްގަޑަކަށް 3.7 ބިލިއަން އަހަރު ކުރިން ވަރަށް ބޮޑު އެއްޗެއް މާސްގައި ޖެހި، މިއަދު ފެންނަ 96 މޭލް ފުޅާ ގޭލް ކްރޭޓާ އުފެދުނެވެ. މި ބާރުގަދަ ޖެހުމަށްފަހު ސަރަހައްދުގެ ބިމުގެ މަތީ ފަށަލަ އަނބުރާ ރިބައުންޑްވުމުން، ޝާޕް ފަރުބަދަ އުފެދުނެވެ. އެތަނުގައި މާސްެ މުހިއްމު އަދި ފެން އެކުލެވޭ ކުރީ ޒަމާނުގެ ފަށަލަތައް ހުރިކަމަށްވެ އެވެ.
3.4 މޭލް އުސް ފަރުބަދައިގެ ބިމުގައި ހުރެ، ތިބާއަށް ވިލާތަކުގެ ތެރެއިން، އީއޯލިސް ޕަލަސް ކިޔާ ތަނެއް ފެންނާނެ އެވެ. އަދި އޭގެ ފަހަތުން ގޭލް ކްރޭޓާގެ ފަރުބަދައިގެ ފާރުތައް ފެންނާނެ އެވެ. ކުރިމަތިން ފެންނަނީ މާސްގެ ފަރުބަދަތަކުގެ މައްޗަށް ރީތިކޮށް އިރުގެ އަލިކަން ކުޑަވެ ހިޔާލިބިފައިވާ މަންޒަރެވެ.
މި މަންޒަރު ނެގިފައިވަނީ މާރިޗް 18 ގައި، ކިއުރިއޮސިޓީ ރޯވާގެ މާސްގައި ހޭދަކުރި 4,484 ވަނަ ދުވަހުގަ އެވެ. (މާސްގެ ދުވަހަކީ ބިމުގެ ދުވަހަށްވުރެ ދިގު ދުވަހެކެވެ؛ އެއީ 24 ގަޑިއިރާއި 39 މިނެޓެވެ.)
-
މިއަދު އަޅުގަނޑުމެންނަށް ފެންނަ މާސްއަކީ ދުނިޔޭގެ އެންމެ ހިކި ބިމަށް 1,000 ގުނަ ހިކި ތަނެކެވެ. އެހެންނަމަވެސް ނާސާ އަދި އެހެން ސްޕޭސް އެޖެންސީތަކުން ހިންގާ ރޯވަރުތަކާއި ސްޕޭސްކްރާފްޓްތަކުން އެއްކުރި ހެކިން ދައްކާގޮތުގައި މިއީ އަބަދުވެސް މިހެން އޮތް ތަނެއް ނޫނެވެ. މާސްގައި ކުރިން ބޮޑު ކަނޑެއް ފުޅާކޮށް ފެތުރިފައިވާ ކަމަށާއި، އަދި ހިނގާ ކޯރުތަކާއި ފެންއާރުތަކަށް ފެންގަނޑުތަކުން ފެން ލިބެމުންދިޔަކަމަށް ބެލެވެ އެވެ.
It's been a busy month exploring Mars… with photos to prove it! 📸
— Curiosity Rover (@MarsCuriosity) January 31, 2025
What am I doing next? Follow along: https://t.co/2xA3GGYjGz pic.twitter.com/HztscFh5sr
ކިއުރިއޮސިޓީން މައުންޓް ޝާޕްއަށް އެރިއިރު، މާސް ހިކެންފެށި ވަގުތު ދައްކުވައިދޭ މިނަރަލްސް (ސަލްފޭޓްސް) އެކުލެވޭ ހިލަތަކާ ދިމާވި އެވެ. އަދި މަތީގައި ފެނުގެ ސަބަބުން އުފެދިފައިވާ 'ރާޅު' ތަކެއްވެސް ހާމަވެފައިވެ އެވެ. އެއީ ބިލިއަން އަހަރުތަކެއް ކުރިން ކުދި ކުދި ރާޅުތައް ފެންގަނޑުގެ އައްސޭރިފަށުގައި ޖެހިފައިވާކަން ދައްކުވައިދޭ ވަރަށް ރަނގަޅު ހެކިތަކެކެވެ. މިފަދަ ދިރާސާތަކުން ދައްކާގޮތުން މާސްއަކީ ކުރިން ހޫނު، ތެތް، އަދި ވަރަށް ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށްވެފައި، ކުޑަކުޑަކޮށް ހިކި އަދި ވަރަށް ފިނި ދަނޑަކަށް ބަދަލުވެފައިވާ ތަނެކެވެ.
"މި ހުރިހާ ހެކިތަކަށް ބަލާއިރު، ގޭލް ކްރޭޓާ (އަދި އާންމުކޮށް މާސް) ފެނިގެންދަނީ ދިރުން، އުފެދިފައިވާނަމަ، ކޮންމެވެސް ވަރަކަށް ދިރި ހުރެވިދާނެ ތަނެއްގެ ގޮތުގައި" ކަމަށް ނާސާއިން ބުނެފައިވެ އެވެ.
އަދިވެސް މިއަދާ ހަމައަށް، މާސްގައި މައިކްރޯބިއަލް ދިރުން އުޅެފައިވާކަމުގެ ޔަގީން ހެއްކެއް ނެތެވެ. އެހެންނަމަވެސް ކިއުރިއޮސިޓީގެ ރޮބޮޓް 'ކޮއްކޮ'، ޕާސިވިއަރެންސް ރޯވަރު، ކުރީގެ މައިކްރޯބިއަލް ހަރަކާތުގެ ހެކި ދައްކުވައިދޭފަދަ ހިލައިގެ ސާމްޕަލްތަކެއް ހޯދާފައިވެ އެވެ. (މި ސާމްޕަލްތައް ބިމަށް ގެނެސް ޓެސްޓުކުރަން ޖެހެ އެވެ.)
-
ކިއުރިއޮސިޓީ މިހާރު މަޑުމަޑުން ދަތުރުކުރަމުންދަނީ މައުންޓް ޝާޕްގައިވާ އާ ތަނަކަށެވެ. އެތަނަކީ ފުޅާ އަދި ވަރަށް މުހިންމު 'ބޮކްސްވޯކްސް' ފޯމޭޝަންތައް ހުންނަ ތަނެކެވެ. މަތިން ބަލާއިރު، އެއީ ސާފުފޭލިތަކެއް ފަދައިންނެވެ. "މިތަން އުފެދުނު ކަމަށް ގަބޫލުކުރެވެނީ މައުންޓް ޝާޕްގެ އެންމެ ފަހު ފެނުގެ ހަލަބޮލިކަމުގައި މިނަރަލްސްތައް ސާފޭސް ރޮކްގެ ހިރަފުސްތަކުގައި ޖަމާވެ އަދި ހަރުވުމުން" ކަމަށް ނާސާއިން ބުނެފައިވެއެވެ. "ހިލައިގެ ބައިތައް ފޮހެވިގެން ދިއުމުން، އަދިވެސް ހުރީ މިނަރަލްސްތައް އަމިއްލައަށް ގަދައަށް ހިރަފުހުގައި ހިފާފައި."