މާސްގެ މަންޒަރާއެކު ޔޫރަޕިއަން ސްޕޭސް ޕްރޯބްއިން ނެގި ފޮޓޯއެއްގައި 8 މޭލުގެ ދެއިމޮސް ހަނދު. (ފޮޓޯ/ ޔޫރަޕިއަން ސްޕޭސް އޭޖެންސީ)
ޔޫރަޕްގެ ޖައްވީ އުޅަނދަކުން މާސްގެ ދެވަނަ ހަނދުގެ ފޮޓޯ ނަގައިފި
ބިންމަތިން 177 މިލިއަން ކިލޯމީޓަރު މައްޗަށް، ހިމޭންކަމުގައި ދައުރުވާ ހަނދެއްކަމުގައިވާ 'ދެއިމޮސް' އަނދިރި އުޑުގައި އެކަނި އޮތް ކަމަށް ހީކުރެވިދާނެ އެވެ. ނަމަވެސް، ބުދަ ދުވަހު، ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ހީރާ ސްޕޭސްކްރާފްޓުން ދެއިމޮސްގެ މަދުން ފެންނަ ފަރާތުގެ ފޮޓޯ ނަގައި، މާސްގެ ތާރީޚުގެ އާ ސަފުހާއެއް ހުޅުވާލިއެވެ.
-
ހީރާ ޕްރޯބްގައި ހަރުކޮށްފައިވާ އާލާތްތައް ބޭނުންކޮށްގެން މާސް އަދި ދެއިމޮސްގެ ފޮޓޯ ނަގައިފި އެވެ. ދެއިމޮސްއަކީ އަށް މޭލުގެ ފުޅާމިނުގެ ކުޑަ އަދި އެއްވަރު ނޫން ހަނދެކެވެ. އެއީ 14 މޭލުގެ ފުޅާމިން ހުންނަ ފޯބޮސްއާއެކު މާސްގެ ވަށައިގެން ދައުރުވާ ހަނދެކެވެ.
ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޕްރޯބް މާސް ކައިރިން އުދުހިފައި ގޮސްފައިވަނީ ގަޑިއަކު 20،000 މޭލަށްވުރެ ބާރު ސްޕީޑެއްގަ އެވެ. އަދި 620 މޭލުގެ ދުރުމިނުން ދެއިމޮސްގެ މަދުން ފެންނަ ފަރާތުގެ ފޮޓޯތަކެއް ނެގި އެވެ.
YESTERDAY: #HeraMission performed its gravity-assist flyby of🔴Mars (& its Deimos moon)
— ESA's Hera mission (@ESA_Hera) March 13, 2025
TODAY: Images from the close encounter will be unveiled in our webcast, starting 11:50 CET (10:50 GMT), with guests @Astro_Alex, Martian author @andyweirauthor, the Hera AI &..?… pic.twitter.com/JmPHZs9MSM
-
ހީރާގެ މިޝަންގެ ސައިންޓިސްޓް މައިކަލް ކުއެޕާސް ވިދާޅުވީ: "މި އާލާތްތައް ކުރިން ބޭނުންކޮށްފައިވަނީ ހީރާ ދުނިޔެއިން ފުރިއިރުގައި، އެކަމަކު މިއީ އަޅުގަނޑުމެންނަށް އަދިވެސް އެކަށީގެންވާ މައުލޫމާތު ނުލިބޭ ކުޑަ ދުރު ހަނދެއްގެ ފޮޓޯ ނަގަން މި އާލާތްތައް ބޭނުންކުރި ފުރަތަމަ ފަހަރު."
Revealed: the first images from @ESA's #HeraMission gravity-assist flyby of Mars! https://t.co/tG8hizuw9W pic.twitter.com/2qJEKwpb1W
— ESA Technology (@ESA_Tech) March 13, 2025
ބުދަ ދުވަހު ހީރާއިން ފުލައިބައިއެއް ކުރިއަށް ގެންދިޔައިރު ހީރާގެ ނިއަރ-އިންފްރާރެޑް ހައިޕާސްކައުޓް އެޗް އިމޭޖާއިން ނެގި ފޮޓޯއެއްގައި މާސް ފެންނަނީ އަލި ނޫކުލައިގަ އެވެ. މާސް ވަށައިގެން ކުރި މި ސްލިންގްޝޮޓް މެނޫވާގެ ސަބަބުން ހީރާ ދަތުރުކުރާނީ ލަނޑުދަނޑިކަމުގައިވާ ދެ އެސްޓަރޮއިޑްއާ ދިމާއަށެވެ. މިތަނަށް ވާސިލުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
-
ދެއިމޮސް ފެންނަނީ ފޮޓޯގެ ތިރީ ބައިގައި ކަޅު ތިލައެއްގެ ގޮތުގައެވެ. އޭގެ މަތީގައި ފެންނަނީ މާސްގެ އިކުއޭޓަރާ ކައިރީގައިވާ އަލި ޓެރާ ސަބޭއާ ސަރަހައްދެވެ. ޓެރާ ސަބޭއާގެ ތިރީ ކަނާތްފަރާތުގައި ވަނީ 280 މޭލުގެ ފުޅާމިން ހުންނަ ހައުގެންސް ކްރޭޓާ އެވެ. އަދި އޭގެ ވައަތްފަރާތުގައި ވަނީ އެއާ އެއްވަރުގެ ސްކިއަޕަރެލީ ކްރޭޓާއެވެ. ތިރީ ކަނާތްފަރާތުގައި ފެންނަ ބޮޑު، އެއްވަރު ސަރަހައްދަކީ ހެލާސް ބޭސިންގެ ބައެކެވެ. މިއީ ސޯލާ ސިސްޓަމްގައި ހިމެނޭ އެންމެ ބޮޑެތި އިމްޕެކްޓް ކްރޭޓާތަކުގެ ތެރެއިން އެއް ތަނެވެ.
ހީރާގެ ލަނޑުދަނޑިއަކީ ޑިމޯފޮސް އެވެ. މިއީ 150 މީޓަރުގެ ފުޅާމިން ހުންނަ އެސްޓްރޮއިޑެކެވެ. މި އެސްޓްރޮއިޑް ދައުރުވަނީ 780 މީޓަރުގެ ބޮޑު 'ބައްޕަ' އެސްޓްރޮއިޑެއްގެ ވަށައިގެންނެވެ. މިއަށް ކިޔަނީ ޑިޑިމޮސް އެވެ. 2022 ގައި ޑިމޯފޮސްއަކީ އިންސާނުންގެ އަމަލަކުން އޭގެ ދައުރު ބަދަލުކުރެވުނު ފުރަތަމަ އެސްޓްރޮއިޑްއަށްވި އެވެ. އެއީ ނާސާގެ ޑާޓް ޕްރޯބް އެއަށް ޖެއްސުމުގެ ސަބަބުންނެވެ. ހީރާއިން މި އެސްޓްރޮއިޑް ދިރާސާކުރާނީ މުސްތަގްބަލުގައި ދުނިޔެއަށް ނުރައްކާވާ ބޮޑެތި ހިލަތައް މިފަދަ ޖެހުންތަކަކުން އެއްފަރާތްކުރެވިދާނެތޯ ބެލުމަށެވެ.