އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ބައެއް މަޖިލިސް މެންބަރުންނާ ސަލާން ކުރައްވަނީ. (ފޮޓޯ/ ސަން)
އަދީބުގެ މެސެޖު ފައިލްތައް: 'އެމްޕީން ގަތަކަސް އަދި ކަމަކު ނުދާނެ، އެމްޕީން ގެންގުޅެން ވާނެ'
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އެއް ފޯނުން ނެގި މައުލޫމާތުތަކެއް މި ފަހުން ވަނީ ލީކްވެފަ އެވެ. އެއީ 2014ގައި އޭނާގެ އެއް ފޯނުން ކުރެއްވި މުއާމަލާތްތަކެއްކަމަށް، ލީކުވި ރިޕޯޓުން އެނގެ އެވެ. ލީކްވީ އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް' އިން އަދީބު ގެންގުޅުނު ފޯނަކުން 2015ގައި ނެގި މައުލޫމާތުތަކެއް ކަމަށް ބެލެވޭ 2،973 ސޮފްހާގެ ރިޕޯޓެކެވެ.
އޭރު އަދީބު ހުންނެވީ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށެވެ. ނައިބު ރައީސްކަން ވެސް ދުވަސްކޮޅަކު ކުރެއްވި އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދީބަށް ފޮނުއްވާފައިވާ މެސެޖުތަކުން އެނގުނީ މެންބަރުން ތިއްބެވީ އަދީބުގެ ބެލުމުގެ ދަށުގައި ކަމެވެ. ސަރުކާރަށް ފާރަވެރިވެ ތިބެ ގާނޫނު ހެދުމަށް އޮތް ބާރު އޮތީ އޭނާގެ މުށުތެރޭގައި ކަމެވެ.
ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ މަޖިލިސް ކޮންޓްރޯލްކުރެއްވި ގޮތް ކޮންމެވެސް ވަރަކަށް މި މެސެޖުތަކުން ކުލަވެ އެވެ. ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް އެމްއެމްޕީއާރުސީން ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެ، އޭގެ ގިނަ ފައިސާ ދައުރުކޮށްފައި މި އޮތީ މަޖިލީހުގެ މެންބަރުން 'ގަންނަން' ވެގެނެވެ.
"އެމްޕީން ގަތަކަސް އަދި ކަމަކު ނުދާނެ ދޯ. އެމްޕީން ގެންގުޅެން ވެސް ވާނެ ދޯ. ހެހެ،" މިއީ އޭރުގެ ހޯރަފުށި ދާއިރާގެ މެންބަރު އަދި މިހާރުގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ މެންބަރު މުހައްމަދު އިސްމާއީލް އަދީބަށް 10 ޖުލައި 2014ގައި ފޮނުއްވި މެސެޖެކެވެ.
އޭރުގެ މަޖިލިސް މެންބަރުން ފޮނުވި މެސެޖުތަކުގައި ހުރީ މުޅިން ވެސް މި ޒާތުގެ މެސެޖުތަކެވެ. އަވަސްއަވަހަށް އެ މެންބަރުންގެ 'ބްރޯ'އާ ބައްދަލުނުވެގެން ނުވަތަ ފޯނު ނުނަންގަވައިގެން ކުރައްވާފައިވާ މެސެޖުތަކެކެވެ. އަބަދުވެސް 'އާޖެންޓް' ނުވަތަ ކުއްލި ކަމެއް ދިމާވެފަ އެވެ.
ކޮންމެވެސް އެހީއެއް 'ބްރޯ' ނުދެއްވައިގެން ނުވަތަ ދެއްވާތޯ ކުރައްވާފައިވާ މެސެޖެވެ. ސަރުކާރުގެ ތަންތަނުން ވަޒީފާ ދެނީ ވެސް މި 'ބްރޯ' އެވެ. ޕްރޮޖެކްޓްތައް އެވޯޑްކުރަނީ ވެސް މި 'ބްރޯ' އެވެ. އެންސްޕާގެ ހިދުމަތް ވެސް ދެނީ 'ބްރޯ' އެވެ. މި 'ބްރޯ'އަކީ އޭރުގެ ބޭންކްހެން ވެސް މެންބަރުން ކުރައްވާފައިވާ ބައެއް މެސެޖުތަކުން ހީވެ އެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވިހެން މަޖިލީހުގެ މެންބަރުން އަދީބު ވަނީ 'ގަނެފަ' އެވެ. އަދި ގަނެގެން އެކަނި ނުވާނެ އެވެ. މެންބަރުން ޖެހެނީ 'ކުއްޔަށް ނަގައިގެން' ގެންގުޅޭށެވެ. އެ މެސެޖުތަކުގައި ވަނީ ކުއްޔަށް ހިފާފައިވާ މެންބަރުންނަށް ކުލީގެ އަގުގެ ގޮތުގައި އެ އެދިވަޑައިގަންނަވާ ކަންކަން ކުރައްވާށެވެ.
އޭރު އަދީބުގެ އަތުން ފައިސާ ހޯއްވަން އެންމެ ބޮޑަށް މެސެޖުކުރައްވާފައިވާ މުހައްމަދު އިސްމާއީލަކީ މިހާރުގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރެވެ. ދެން ވެސް ގިނަ މެސެޖުތައް ކުރައްވާފައިވާ ބައެއް ބޭފުޅުންނަކީ މި ސަރުކާރުގެ ވަރަށް އިސް ބޭފުޅުންނެވެ.
އޭގެ ތެރޭގައި:
-
މިހާރު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް
-
މިހާރު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
-
މިހާރު ފިޝަރީޒް މިނިސްޓަރު އަދި އޭރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
-
މިހާރުގެ ފޮރިން މިނިސްޓަރު އަދި އޭރު ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް
-
މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް؛ އޭރުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު
އެއިން ފާހަގަކޮށްލެވޭ ބައެއް މެސެޖުތައް މި ލިޔުމުގައި ހިމަނާލާނަމެވެ.
ހުސައިިން މުހައްމަދު ލަތީފް ކުރެއްވި ބައެއް މެސެޖުތައް
-
10 ޖޫން 2014 - ސާ، ޖަސްޓް ވޯންޓެޑް ޓު ޗެކް ވެން ދަ އެމައުންޓް ވިޗު ޔޫ ވުޑް ސެއިޑް ވިލް ބީ ގިވެން ވުޑް ބީ ހޭންޑެޑް ޓު މީ؟ އަ ޓޯޓަލް އޮފް 60،000ރ.، 15،000ރ. ޕަ އައިލެންޑް.
-
7 ޖުލައި 2014 - 2 ކޯ ކޭބަލް 6 މިލިމީޓަރުގެ، 700 ފޫޓު، 12،000ރ. 10 ފުޓުސަލް ބޯޅަ 5،500ރ. މީހަކަށް ދޭން ޖެހޭ 25،000ރ. ޖުމުލަ 42،500ރ.
-
27 އޮގަސްޓް 2014 - ރިސޯޓް ކަންތައްތަކުގައި ކިހިނެއްތޯ ހަދަންވީ؟ ހީ އިޒް ރެޑީ ޓު ޕޭ 4 މިލިއަން. ކުރިއަށް ދާންވީ ގޮތް އަންގައިލަދެއްވުން އެދެން.
މެންބަރު ފަލާހް ކުރައްވާފައިވާ ބައެއް މެސެޖުތައް
-
26 ޖޫން 2014 - ތިކޮށްދެއްވާ ބޮޑެތި ކަންތައްތައް މަތިން ދުވަހަކު ވެސް ހަނދާން ނައްތާނުލާނަން. އަދި އަބަދުވެސް މަނިކުފާނާ އެކު ހުރި ވާހަކަ ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ މިނިސްޓަރު.
-
11 އޮގަސްޓް 2014 - މިނިސްޓަރު މިރޭ 50،000ރ. ހަމަޖައްސާލަދެވިދާނެތޯ؟
-
18 ސެޕްޓެމްބަރު 2014 - މަނިކުފާނު މިރޭ ވަރަށް މުހިންމު ކަމެއް ޖެހިގެން ސަންޑޭގައި ނެގޭ ގޮތަށް ޗެކް ބާއްވާފައި 50،000ރ. ލިބިދާނެތޯ
-
19 ސެޕްޓެމްބަރު 2014 - މިއަދާ ހަމައަށް ވެދެއްވި ބޮޑެތި އެހީތެރިކަމަށް ފަށްފަށުން ޝުކުރިއްޔާ. މި ވަގުތު ވަރަށް ބޮޑު މަސައްކަތެއް ފައްޓާފައިވާތީ މާ ބޮޑަށް އުނދަގޫ ކުރެވެނީ. އެ ކަމަށް ޓަކައި މާފަށް އެދެން. މާދަމާ އަނބުރާ ދައްކާ ގޮތަށް ކޭޝްކޮޅެއް ދެވެން އޮތް ނަމަ ހަމަޖައްސާލަދެއްވުން އެދެން. ވަރަށް މުހިންމު ކަމެއް ޖެހިފައިވާތީ ދަންނަވާލީ.
މެންބަރު ޝުޖާއު ކުރައްވާފައިވާ ބައެއް މެސެޖުތައް
-
12 ޖޫން 2014 - ބޮސް އެހީމާ މަ ބުނެފިން ބްރޯ ބުންޏޭ، އެ ކަންތައް ހަމަޖައްސައިދޭނަމޭ ނެކްސްޓް ވީކްގައި އިނގޭ. އިފް ހީ ކޯލްސް ޔޫ ޓެލް ލައިކް ދިސް އިނގޭ
-
4 ޖުލައި 2014 - އާރުއެލްސީއިން ރާޅުގަނޑު ސަރަހައްދުގައި މިހާރު ބާއްވައިގެން ކުރިއަށްދާ 5އޮން5 ބާސްކެޓްބޯޅަ ޓޯނަމެންޓްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވަން އާދެވިދާނެތޯ؟ ދޭ ވިލް ލެޓް މީ ނޯ. އަދި ބުނި ބްރޯ އަތުން ސްޕޮންސާއެއް ލިބޭ ގޮތް ހަދާއިދޭށޭ. އެސްޓީއޯއިން މި ފަހަރު ނުދިން އެއްވެސް އެއްޗެއް
-
21 ޖުލައި 2014 - މެނޭޖުކޮށްލެވިއްޖެއްޔާ ވަރަށް ރަނގަޅު، ކޯޒް އައި ހޭވް އޮންލީ 50،000 ވިޗު ޔޫ ގޭވް (އަހަރެން އަތުގައި އޮތީ އަދީބު ދެއްވި 50،000 އެކަނި)
-
21 ޖުލައި 2014 - ބްރޯ މި ކަންތައް ހަމަޖައްސާލާ. ޓުމޯރޯ އައި ހެވް ޓު ޓޭކް އިޓް (މާދަމާ މި ނަގަން ޖެހޭ)
-
3 އޮގަސްޓް 2014 - ކޭސްތައް ކަންތައް ކުރިއަށް ގެންދަންވީތަ؟ ބޮސް ކައިރީ ބުނެގެން
-
12 އޮގަސްޓް 2014 - ބްރޯ އަސްލު ޓީޓީ ނުފޮނުވިގެން މަޅިއަރައިގެން މި އުޅެނީ. 100،000 ޑޮލަރު ފޮނުވަން ކޮންމެހެން ވެސް އެބަ ޖެހޭ. ކޯޒް ދޭ އާ ވެއިޓިން ފޮ ޕޭމަންޓް (އެ މީހުން ޕޭމަންޓް ނުދީގެން އެބަ އުޅޭ)
-
12 އޮގަސްޓް 2014 - ވަރަށް ސީރިއަސް ވެގެން މި ވަރަށް މި ގުޅަނީ. އައި އޭމް އިން ބިގް ޓްރަބަލް (ފައިސާ ނުދެއްކެއްޖެއްޔާ އަހަރެން މި ކަމުން ސަލާމަތެއް ނުވާނެ)
މެންބަރު މުހައްމަދު އިސްމާއީލް ކުރެއްވި ބައެއް މެސެޖުތައް
-
9 ޖޫން 2014 - އަޅުގަނޑުގެ ކުދިންކޮޅުގެ ޖޮބް ކަންތައް ބަލާލަ ދެއްވާތި. އެމްޓީސީސީން ހުސްވި ޖޮބްތައް ވެސް ހުންނާނެ ނޫންތޯ
-
15 ޖޫން 2014 - ބޭރަށް ފޮނުވާލަން ޖެހޭ މީހަކަށް ކުޑަވަރެއްގެ ހެލްޕެއް ބޭނުންވޭ
-
10 ޖުލައި 2014 - އެމްޕީން ގަތަކަސް އަދި ކަމަކު ނުދާނެ ދޯ. އެމްޕީން ގެންގުޅެން ވެސް ވާނެ ދޯ.
-
26 އޮގަސްޓް 2014 - ބްރޯ މެޑަމް ގުޅާނެ ތިލަފުށި ޑީއެމްޑީ ކަންތަކުގައި. ބްރޯ ބުނޭ އޯކޭއޭ. ބްރޯގެ ގޮލައެއް ލާން. މެޑަމްއަށް ގުޅައިލަދެއްވުން އެދެން ތިލަފުށި ޑީއެމްޑީ ކަންތަކުގައި.
-
1 ސެޕްޓެމްބަރު 2014 - ރ. މާމުނަގާ، ރ. ހުރަވަޅި، ބްރޯ މައި ބޮސް މިސްޓަ މަންސޫރު ބޭނުންވަނީ މި ދެ ތަނުން ކުރެ ކޮންމެ ވެސް އެއް ތަން. އޯކޭ ދެ ތަން ވެސް. އޯކޭ އަޕް ޓު ޔޫ ބްރޯ. ޕްލީޒް މި ކަން ހިންގާ ނިންމަދީ.
-
3 ސެޕްޓެމްބަރު 2014 - [އާއިލާގެ ބައެއް މީހުންގެ ނަންތަކާއި ތަފްސީލްތައް ފޮނުވާފައި] އަޅުގަނޑުގެ ރިސޯޓް ޓްރިޕް މާދަމާ ރެޑީތޯ؟ ވަރަށް ފޮނި ކަނޑައިގެން މި ހުރީ. މާދަމާ ގޮސް ސަޓަޑޭ ނައިޓްގައި އަންނަ ގޮތަށް. މި ކަން ކޮށްދޭން ވާނެ.
-
4 ސެޕްޓެމްބަރު 2014 - ބްރޯ، ރިސޯޓް ޓްރިޕް މި ވީކްގައި ހަމަޖައްސައިދީ ޕްލީޒް. މުޅި މި ޓްރިޕް ފްރީކޮށް ދޭން ވާނެ. ޕީޖީ ގްރޫޕު އުފާ ފާޅުކުރަން. ވަރަށް ކުޑަކޮށް މި ދުއްވާލަނީ. ހެހެ. ޓުޑޭ ހަވީރު 4ގައި ފުރަން.
-
4 ސެޕްޓެމްބަރު 2014 - ބްރޯ ކޮބާ މަގޭ ދަތުރު. ދަތުރު ކަންތައް އޮތީ ކިހިނެއްތޯ ބަލާލަން
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުގެ ބައެއް މެސެޖުތައް
-
16 ޖުލައި 2014 - ބްރޯ ސައިކެއް ގަންނަން ވެގެން 50،000ރ. އެރޭންޖުކޮށްބަލަ
-
21 ޖުލައި 2014 - 100،000 އެރޭންޖު ކޮށްދެއްޗޭ ބިޓްވީން 12 އާއި 1އަށް. ބްރޯ އައި ނީޑް ދެޓް މަނީ ބިފޯ 10.
-
5 އޮގަސްޓް 2014 - ބްރޯ މިރޭ ހަމަޖެހޭނެ ދޯ. އައި އެމް ލީވިން ކޮލޮމްބޯ ޓުނައިޓް. ސޯ ނީޑް މަނީ.
-
12 އޮގަސްޓް 2014 - ކޮބާ އޭސީސީ ކަންތައް ކިހިނެއް އޮތީ. ޕްލީޒް ޑޫ ސަމްތިން ޓު ތުރޫ ހިލްމީ އޭސް ޔޫ ޕްރޮމިސްޑް އެޓް ނިހާންސް ހައުސް ދެޓް ނައިޓް. (އޭސީސީއަށް ހިލްމީ އައްޔަންކުރަން ވައުދުވެފައިވާ ކަން)، ޓެންކްސް އެންޑް ޕްލީޒް އަޕްޑޭޓް
-
26 އޮގަސްޓް 2014 - ބްރޯ ނީޑް 50،000 ޓޮޕްއަޕް. ޕްލީޒް އެރޭންޖް ބިފޯ ޓާސްޑޭ ބޭންކް ކްލޯޒަސް. ޓެންކްސް
-
31 އޮގަސްޓް 2014 - ބްރޯ އައި ހިއާޑް އައިޖީއެމްއެޗް އިސް ގޮއިން އަންޑާ އަ ބޯޑް. އެންޑް އައި ރިކުއެސްޓް ޓު ގެޓް އަ ބޯޑް ސްލޮޓް ފޮ މައި ކެމްޕެއިން މެނޭޖަރު ހޫ އިޒް ވޯކިން އައިޖީއެމްއެޗް އައިޓީ ޑިޕާޓްމަންޓް
-
1 ސެޕްޓެމްބަރު 2014 - ބްރޯ ބޮޑުމޮހޮރާ ލެޓާ ކިހިނެއް ވާނެ. ބްރޯ ކީޕްސް ކޯލިން މީ އެވްރީ މިނެޓް. ޕްލީޒް ހެލްޕް
-
7 ސެޕްޓެމްބަރު 2014 - ބްރޯ ވީ ހެޑް ބިޑް ޓު އދ. ދިއްދޫ ސިޓީ ހޮޓެލް. އަވަ ބިޑް އިސް ދަ ބެސްޓް. ޑްރީމްސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް. ނީޑް ޔޯ ހެލްޕް. ކައުންސިލް ހޭސް ސަބްމިޓެޑް ޓު ޔުއާ މިނިސްޓްރީ (އަދީބުގެ މިނިސްޓްރީއަށް ކައުންސިލުން ލިޔުން ފޮނުވާފައިވާނެ، އަހަރެމެންގެ ބިޑް އެންމެ ރަނގަޅު ވާނީ، އަދީބުގެ އެހީ ބޭނުން)
-
16 ސެޕްޓެމްބަރު 2014 - ބްރޯ ޕްލީޒް ރިޕްލައި ސޮރީ ޓު ބޯދާ ޔޫ، އައި ނީޑް 50،000. މި އުޅެނީ ސެލެރީ އެއްކޮށް ހުސްވެގެން. ކުދިން ތިބި ގޭގޭގެ ކުއްޔާއި ސްކޫލް ފީ ނުދެއްކި. ޕްލީޒް ހެލްޕު.
ދިއްދޫ ދާއިރާގެ މެންބަރު ލަތީފް ކުރެއްވި ބައެއް މެސެޖުތައް
-
13 ޖުލައި 2014 - މިސްޓަ އަދީބު، ލަތީފް ޕީޕީއެމްގެ 10 ގޮފި މި ހަދަނީ. ވަރަށް ވަރަށް ބޭނުން ލަތީފަށް އެހީތެރިކަން
-
20 ޖުލައި 2014 - މިސްޓަ އަދީބު، މަނިކުފާނު ވަރަށް މުހިންމު މިކޮޅަށް (ލަތީފުގެ ޓީމަށް)، ދޭން ވިދާޅުވި އެހީގެ ބާކީ ނުދެވި އޮތީ މިހާރު 12 ލައްކަ. މިރޭ ކޮންމެވެސް ވަރެއް ދީ. ވަރަށް ވަރަށް މުހިންމު ވާތީ ދަންނަވާލީ. ވަރަށް ވަރަށް ބޭނުން މިރޭ.
-
21 ޖުލައި 2014 - މިސްޓަ އަދީބު މިއަދު ވަރަށް ވަރަށް ބޭނުން ކޭޝް ކޮޅެއް. ލަތީފަށް 250،000 ދީ އޮކޭ ވާނެތޯ
-
12 އޮގަސްޓް 2014 - މިސްޓަ އަދީބު ލަތީފުގެ (150،000) މިރޭ ވަރަށް ވަރަށް މުހިންމު
-
13 އޮގަސްޓް 2014 - މިސްޓަ އަދީބު ވަރަށް ވަރަށް އާދޭސްކޮށްފައި މި އެދެނީ މިއަދު ކޮށްދީ
-
30 އޮގަސްޓް 2014 - މިސްޓަ އަދީބު، ވަރަށް ދެރަވެފައި މި ހުރީ. ވަރަށް ބޭނުން އެހީތެރިކަން
-
2 ސެޕްޓެމްބަރު 2014 - މިސްޓަ އަދީބު ވަރަށް ވަރަށް މުހިންމު ވާތާ ބުނެލީ ލަތީފް ކަންތައް ހަމަޖެހޭތޯ (3 ލައްކަ)، ވަރަށް ގިނަ ދުވަސް ވާތީ، ވަރަށް ދެރަކޮށް މި ހުރީ
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގުގެ މެސެޖުތައް
-
ފައިސާއާ ގުޅޭ މެސެޖުތަކެއް ކޮށްފައިވަނީ 14 ޖޫން 2014ގައި
-
ޓޮމް ފުރަތަމަ މެެސެޖުކުރަނީ 'ގުޅާބަލަ. ލަންޑަނަށް ކިހިނެއް ދާނީ ޑޮލަރެއް ނެތި. މާދަމާ 8 ޖަހާއިރު އެއާޕޯޓަށް ދާން ޖެހޭ."
-
ދެން އަދީބު ފޮނުވާ މެސެޖުގައިވަނީ 'ސުއާ. ހައު މަޗު ޔޫ ނީޑް ސާ،" (ބޭނުން ވަނީ ކިހާވަރެއް؟)
-
ޓޮމް އޭގެ ޖަވާބުގައި ފޮނުވި މެސެޖަކީ '2000 ޑޮލަރު ކިހިނެއް ވާނީ. އެ ތާނގެ އަގުތަކެއް މަށަކަށް ނޭނގެ. ޔޫ ނޯ ބެޓާ. [އަދީބަށް ރަނގަޅަށް އެނގޭނީ] 6 ނައިޓްސް [ރޭގަނޑު] ވާނެ.'
-
1 އޮކްޓޯބަރު 2014: އޯލްރެޑީ އެގްރީ ވިތު އަދުލީ ފޯ ކޯ-ސްޕޮންސަޝިޕް އޮފް މަހިބަދޫ ސްޕޯޓްސް ކްލަބް، 200،000 (އަދުލީއަކީ އޭރު މިފްކޯގެ އިސް ބޭފުޅެއް.)
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ބައެއް މެސެޖުތައް
-
16 ޖޫން 2014 - އދ. ރައްދިއްގާ ކަންތައްތަކުގައި ހަބަރެއް ވެއްޖެތޯ.
-
13 ޖުލައި 2014 - އަފާމީ މޯލްޑިވްސް އިން ސިޓީ ލާފައި ވަނީ އދ. ރައްދިއްގާގެ ކަންތައް. ބައްލަވާ ދެއްވުން އެދެން
-
26 އޮގަސްޓް 2014 - ލޮބުވެތި ރައީސަށް، މާލީ ގޮތުން އަޅުގަނޑުގެ ހާލަތު ވަނީ މިހާރު ވަރަށް ގޯސްވެފައި. ޑޭޓެޑް ޗެކެއް ދޭ ގޮތަށް ލޯނެއް ލިބޭނެތޯ. އަޅުގަނޑުމެންގެ އަދީބަށް ދަންނަވައިގެން ވެސް ހަބަރު ނުވެދާތީ އަޅުގަނޑު އެ ކަމުގައި އެހީތެރިވެދެއްވުން އެދިގެން އާދޭހާ އެކު ދަންނަވާލީ. (ރައީސް ޔާމީނަށް ފޮނުވި މެސެޖެއް އަދީބަށް ފޯވާޑުކޮށްފައި)
އޭރު ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ބައެއް މެސެޖު
-
14 އޮގަސްޓް 2014 - މޯނިން ބްރޯ. ވަރަށް އާޖެންޓްކޮށް 150،000ރ. ހަމަޖައްސާލަދެވިދާނެތޯ. ވަރަށް ވަރަށް އާޖެންޓް.
-
18 ސެޕްޓެމްބަރު 2014 - މަނިކުފާނު ނައިފަރުގެ އީދު ކުޅިވަރުތަކަށް 100،000 ވަރު އެލޮކޭޓްކޮށްދެވިދާނެތޯ. ވަރަށް މުހިންމު ކަމެއް
އޭރު ނިލަންދޫ ދާއިރާގެ މެންބަރު ހަލީލުގެ މެސެޖެއް
-
16 ސެޕްޓެމްބަރު 2014 - މިނިސްޓަ، އައި އޭމް ލުކިން ފޮ 3،000 ޔޫއެސް ޑޮލަރު ޓު ބައި. އިޒް ދެއާ އެނީ ޕޮސިބިލިޓީ
އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ)
-
8 ޖުލައި 2014 - ސާ، މޯލްޑިވިއަން ގަން އޮފީސްއަށް. ރިޒަވޭޝަން އެންޑް ޓިކެޓިން އޮފިސަރުގެ ޓްރެއިނިންއަށް. ޖޮބް މި ކުއްޖާއަށް ހަމަޖައްސާލަދެއްވާތޯ އެދި ދަންނަވަން (މެސެޖުގައި ދެން ހިމެނެނީ ވަޒީފާ ދޭންވީ ފަރާތުގެ ތަފްސީލްތައް)
-
18 ސެޕްޓެމްބަރު 2014 - ފްލައިޓް ދެކޮޅު 207،400. މޯލްޑިވިއަން ހާރިސް ވިދާޅުވީ މިއީ އެންމެ ކުޑަ އަގު ކަމަށް (އަދީބު ޖަވާބުގައި 'އޯކޭ' ލިއުއްވާފައި ފޮނުވި)
އޭރުގެ އެމްޑީޕީ މެމްބަރު، އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު
-
7 ޖުލައި 2014 - ނީޑް އަ ފޭވާ އާޖެންޓްލީ ޓު ސެޓްލް އަ ޑެޓް. އައި ވިލް ބީ ގްރޭޓްފުލް އިފް ޔޫ ކޭން އެސިސްޓް މީ އޮން ތިސް. ތިސް ޓައިމް އައި އޭމް އާސްކިން. ނޮޓް ލައިކް ދަ ލާސްޓް ޓައިމް. 250،000ރ.
-
7 ޖުލައި 2014 - ސްޓިލް ސްޓްރަގްލިން ވިތު ކެމްޕެއިން ޓައިޓްނަސް. ފޮ ދަ ޓައިމް ބީން ދިސް މޭ ބީ އެނަފް. އެރައުންޑް 450،000 ދެއާ އިޒް ޑެޓް
-
28 އޮގަސްޓް 2014 - ގޮޓް އަ އޯލްޑް ޑެޓް ވިތު އެމްއެމް އެކްސްޕޯޓްސް އިންޑިއާ ވިތު 50،000 ޑޮލަރު. ނައު ދޭ އާ ތްރެޓެނިން މީ ޓު ސޫ މީ ދޭ ނޯ މީ އޭސް އަ އެމްޕީ. އެންޑް ސެންޑީ މީ މެއިލްސް ޓު ކްލެއިމް އިޓް ބައި އޯލް މީންސް. ސޯ އިފް ޔޫ ކޭން އެރޭންޖު މީ އެރައުންޑް 70،000 ޑޮލަރު. އައި ތިންކް އައި ކޭން ސެޓަލް ވިތު އަ ބިޒްނަސް ބައި ޕެއިން ދެމް ދަ ޑެޓްސް. ޕްލީޒް އައި އެމް އާސްކިން ފޮ އަ ލޯން.
ކޮމެންޓް (11)
ސިކުނޑި
ނިކަމެތި މީހާ
ތެފައާސާ.
އަސްލަމް ޒަކީ
ބުހުތާނު
ގުއިފުތު ދޮންކަލޯ
ސިލްސިލާ
ބުލްބުލް
އިބިރަހިމާ
ހަރިހަރިޔާ
މުޙައްމަދު އަލް ޢާދިލް