ކެންސަރުގެ މައްޗަށް ކުރި ހޯދައި އާ ހަޔާތެއް

9 މާރިޗު 2023

މިދިޔަ އަހަރުގެ ކުރީކޮޅާ ހަމައަށް މުހައްމަދު ރައްޒާންގެ ކޮންމެ ދުވަހަކީ ވެސް، އޭނާގެ ބަހުން ނަމަ، އުޖާލާ އަދި އުފާވެރި ދުވަހެކެވެ. ހެނދުނު ހޭލައިގެން ފަތަން ނޫނީ ކަސްރަތު ކުރަން ދެ އެވެ. އޭގެ ފަހުން އޮފީހަށް ނުކުމެ އެވެ. ހަފުތާއަކު މަދުވެގެން އެއް ފަހަރު ނަމަވެސް ޑައިވް ކުރަން ދެ އެވެ. ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށް، މަޖާކުރުމަށް ވަގުތު ހޯދަ އެވެ. އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރެ އެވެ.

އެކަމަކު މި ހުރިހާ ކަމެއް ބަދަލުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންފެކްޝަނެއްގެ ސަބަބުން ބަލިވެ، އެއަށް ބޭސްކުރަމުން ދިޔައިރު، މާބޮޑަށް މީހާ ވަރުބަލިވާން ފެށީ އެވެ. ޑޮކްޓަރަށް ދެއްކި އިރު އެނގުނީ ލޭގައި ހުދު ސެލް ހުންނަ މިންވަރު މަދުވެފައިވާ ކަމެވެ. އެކަމަކު ދެން ހެދި ޓެސްޓުތަކުން ވެސް އޭގެ ސަބަބެއް ނޭނގުނެވެ. އެންމެ ފަހުން އޭގެ އަސްލު ދެނެގަނެވުނީ އިންޑިއާއަށް ގޮސް ހެދި ބޯންމެރޯ ބަޔޮޕްސީ އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް