މިދިޔަ އަހަރު ބޭއްވި އެމްއެންޔޫގެ 'ފަހި ސުފުރާ' މައުރަޒުގެ ސްޓޯލްއެއް. (ފޮޓޯ/އެމްއެންޔޫ)
މިފަހަރުގެ 'ފަހި ސުފުރާ'ގައި 300 އަށް ވުރެ ގިނަ ވައްތަރުތަކުގެ ކާބޯތަކެތި
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ ހަފްތާގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު، 'ފަހި ސުފުރާ'ގައި 300 އަށް ވުރެ ގިނަ ވައްތަރުގެ ކާބޯތަކެތި ބައިވެރިވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
ތަފްސީލް - މިއީ ކާބޯތަކެތި އުފައްދައި ވިއްކާ މީހުންނަށް އެ މީހުން އުފައްދާ ތަކެތި ވިއްކުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން:
-
މައުރަޒުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ތެރޭގައި ތިބި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން
-
އާންމުންނާއި ހިސާބަށް ބޮޑަށް ފޯރުކޮށް ނުދެވި ހުރި ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާހައުލެއް ތަނަވަސްކޮށްދިނުން
ބުނީ ކީކޭ؟- މި މައުރަޒުގައި ބައިވެރިވުމުގެ މިދިޔަ ހޮނިހިރު ދުވަހު ހަމަވި އިރު، އެމްއެންޔޫއިން ބުނީ ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން:
-
ޔުނިވާސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއް ވެސް ހިމެނޭ
-
300 އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެ
ފަހި ސުފުރާ
-
އަންނަ ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު
-
އެ ދެ ދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 10އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައި
-
އެ ދެ ދުވަހުގެ ހަވީރު 4 އިން 6 އަކަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ
-
މި މައުރަޒަށް އާއްމުންނަށް ހިލޭ ވަދެވޭނެ