އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކޮށްފި

އެ ޕްރޮގްރާމުގައި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީނުކޮށްފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި ކެންސާ ސޮސައިޓީ އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީނުކޮށްފަ އެވެ. އަދި ކެންސަރާ ބެހޭ މައުލޫމާތު ދީ ބައްޔާމެދު ހޭލުންތެރި ކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ތަފްސީލް - އެމްއޭސީއެލްގެ އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު މެނޭޖުމެންޓު ސެކްޝަނުން އިންތިޒާމު ކުރި މި ހަރަކާތަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ސިއްހީ ދުޅަހެޔޮކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮކަން މަތީ ދެމިތިބުމަށް ބާރުއެޅުމެވެ.

  • އެ ޕްރޮޮގްރާމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އާއި ޑިޕާޓުމެންޓުތަކުގެ ވެރިން ބައިވެރިވި

  • ކުންފުނީގެ މުވައްޒަފުންނަކީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް އަބަދުވެސް ކުންފުނިން ބާރުއަޅާ

  • ކުރިއަށް އޮތްތަނުގައި މުވައްޒަފުންނަށް އަމާޒުކޮށްގެން ހެލްތު އެންޑް ސޭފްޓީ އެވެއާނެސް ކެމްޕޭނެއް ކުރިއަށް ގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް