ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާ ދެއްވި ޒުބެއިރު މުހައްމަދު. (ފޮޓޯ/ޖޭއެސްސީ)
ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބުނީ ކީކޭ؟ - ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔާ އާދިއްތަ ދުވަހުން ފެށިގެން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޒުބެއިރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ތަފްސީލް - ޒުބައިރަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އަދާ ކުރެއްވި ބައެއް ވަޒީފާތަކަކީ:
-
ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު
-
ހދ. އަދި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު
-
ކްރިމިނަލް ކޯޓުގެ ގާޒީ
-
ޑްރަގް ކޯޓުގެ ގާޒީ
އެނގުން މުހިންމު - ޒުބެއިރު އިސްތިއުފާ ދެއްވާފައި ވާއިރު، ސިވިލް ކޯޓަށް މިދިޔަ މާޗު މަހު ވަނީ އަލަށް ދެ ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ. އެއީ:
-
ޒުލައިހާ ޝީޒާ (ސ. ފޭދޫ/ފިތުރޯނުގެ)
-
އަހުމަދު ނިމާލް (ގއ. މާމެންދޫ/ފެހިގެ)