ގަލްފް އެއާގެ ބޯޓަށް ވީއައިއޭއަށް ނުޖެއްސި އެންމެ ފަހުން މިސްރާބު ޖެހީ ޓްރިވަންޑްރަމަށް

މޫސުން

މޫސުން ގޯސްވެ ބައެއް ބޯޓުތަކަށް ވީއައިއޭއަށް ނުޖެއްސި އެހެން އެއާޕޯޓުތަކަށް

ބައެއް ފްލައިޓުތަކަށް ޖެއްސޭވަރުވީ ވަރަށް ގިނައިރު ދުއްވުމަށް ފަހު
17 ޖުލައި 2022

މޫސުން ގޯސްވެ، ވީއައިއޭ ސަރަހައްދުގެ ވައި ގަދަވުމުގެ ސަބަބުން ބައެއް މަތިންދާބޯޓުތަކަށް ނުޖެއްސި އެހެން އެއާޕޯޓުތަކަށް ޑައިވާޓް ކުރަން މިއަދު ޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު ވަރަށް ވިއްސާރަ އެވެ. މެޓުން ލަފާކުރާ ގޮތުގައި މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.

މެޓުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތައް ދައްކާ ގޮތުން، މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަންނަނީ އުފެދެމުންނެވެ.

ތަފްސީލް - ވީއައިއޭއަށް ޖައްސަން އައި ބައެއް ބޯޓުތައް ޑައިވާޓް ކުރަން ޖެހުނީ ބައެއް ވަގުތުތަކުގައި ރައްކާތެރި މިންވަރަށް ވުރެ ވައި ގަދަވެގެންނެވެ. އެތެރޭގެ އުދުހުންތަކުގެ ބައެއް ފްލައިޓްތައް ޑިލޭ ވެސް ވި އެވެ. ބައެއް ބޯޓުތަކަށް ޖެއްސޭވަރު ވީ ގިނަ އިރުތަކެއް ވަންދެން ވައިގެ ތެރޭގައި ދުއްވުމަށް ފަހު އެވެ. އެގޮތުން:

  • ކޮލަމްބޯ އިން މާލެއަށް ދަތުރުކުރި ގަލްފް އެއާގެ ބޯޓަކަށް ނުޖެއްސި، ޓްރިވެންޑްރަމްއަށް ޑައިވާޓްކުރި

  • ފްލައި މީގެ ބޯޓަކަށް ވީއައިއޭއަށް ނުޖެއްސި މާމިގިއްޔަށް ދިޔަތަނުން އެ އެއާޕޯޓަށް ވެސް ޖެއްސޭ ގޮތް ނުވެ އަލުން އަނބުރާ ވީއައިއޭއަށް އަންނަން ޖެހުނު

އެނގުން މުހިންމު - މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު މާލެ ސަރަހައްދަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ.

މި ވިއްސާރައިގައި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެން ހެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް