ގޯތާބާޔަ ރާއްޖެއިން ފުރާވަޑައިގެން ސައުދިއާގެ ބޯޓް: އޭނާ ރާއްޖެއިން ފުރާވަޑައިގަތީ މިއަދު ހެނދުނު 11:30ގައި

ގޯތާބާޔަ ސައުދިއާގެ ބޯޓެއްގައި ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގެންފި

ގޯތާބާޔައަށް ސިންގަޕޫރަށް ދެވޭނީ ރާއްޖެ ގަޑިން ހަވީރު 4:16 ހާއިރު
14 ޖުލައި 2022

ސްރީ ލަންކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ އެ ގައުމުން ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެން ހުންނެވި އެ ގައުމުގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ އާއި އޭނާގެ އަނބިކަނބަލުން މިއަދު ހެނދުނު ރާއްޖެއިން ފުރި ސައުދިއާގެ ފްލައިޓެއްގައި  ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ގޯތާބާޔަ ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި ރޭ ރާއްޖެއިން ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް އެ ދަތުރު ކެންސަލް ކުރެއްވި އެވެ.

ތަފްސީލް - އެއާޕޯޓްގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން 'ދައުރު'އަށް ކަށަވަރުކޮށް ދިން ގޮތުގައި ގޯތާބާޔަ ރާއްޖެއިން ފުރާވަޑައިގަތީ: 

  • މިއަދު ހެނދުނު 11:30ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރި ސައުދިއާގެ އެސްވީ-788 ފްލައިޓްގައި

  • ގޯތާބާޔަ އާއި އަނބިކަނބަލުންގެ އިތުރުން ދެ ބޮޑީ ގާޑަކުވެސް ފުރި

  • ސައުދިއާގެ ފްލައިޓް ސިންގަޕޫރުގެ ޗާންގީ އެއާޕޯޓްގައި ޖައްސާނީ ރާއްޖެ ގަޑިން ހަވީރު 4:16 ހާއިރު؛ އެއީ ސިންގަޕޫރު ގަޑިން ރޭގަނޑު 7:16 ހާއިރު

ގޯތާބާޔަ ދަތުރު ކުރައްވާ ފްލައިޓް

ބުނީ ކީކޭ؟ - 'ދައުރު'އަށް މައުލޫމާތު ދިން އެއާޕޯޓްގެ ބައެއް މުވައްޒަފުން ވަނީ ގޯތާބާޔަ ފްލައިޓަށް އަރައިވަޑައިގެންތަން ފެނުނު ކަމަށް ބުނެފަ އެވެ. އަދި ސައުދިއާގެ ފްލައިޓްގައި ދަތުރު ކުރާ ފަރާތްތަކުގެ ޕެސެންޖާ ލިސްޓްގައިވެސް ގޯތާބާޔަ ހިމެނޭ ގޮތުން ހަތަރު ބޭފުޅެއްގެ ނަން ހިމެނޭކަން އެއާޕޯޓްގެ ބައެއް އޮފިޝަލުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. 

މަންޒަރު ދުށް އެއާޕޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ސައުދިއާގެ ފްލައިޓަށް ސިފައިންގެ ގިނަ ބަޔަކު އެރި އެވެ. އަދި އެ މީހުން އެ ބޯޓުން ފޭބީ ފުރަން ވަރަށް ގާތްވެފައި ވަނިކޮށެވެ.

އެނގުން މުހިންމު - ގޯތާބާޔަ އިއްޔެގެ ވަގުތެއްގައި ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭނާ އިސްތިއިފާ ދެއްވާފައެއް ނުވެ އެވެ. ސްރީލަންކާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނަނީ ގޯތާބާޔަ އިސްތިއުފާ ދެއްވާނީ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް