މާލޭގެ މަގެއްގެ މަތިން މީހަކު ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އީދު

އީދުގެ ފުރަތަމަ 2 ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި

އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ

އަންނަ ބޮޑު އީދުގެ ފުރަތަމަ ދެ ދުވަސް ކަމަށްވާ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ސިޓީ ކައުންސިލުން ނިންމީ، އިއްޔެ ބޭއްވި އެ ކައުންސިލްގެ އާއްމު ޖަލްސާގަ އެވެ.

ތަފްސީލް- އެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން ނިންމީ:

  • އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު 4 އިން އިރުއޮއްސި 6އާ ހަމައަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުން

  •  އެކަމަކު އެ ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ 

އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ އާއްމު ޖަލްސާގެ ތެރެއިން (ފޮޓޯ/ ކައުންސިލް)

އެނގުން މުހިއްމު -  އަންނަ ހޮނިހިރު ދުވަހަކީ ބޮޑު އީދު ދުވަހެވެ. 

ކޮންމެ އަހަރެއްގެ އީދު ދުވަހު ވެސް، މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު މަގުތަކުގައި ހިނގާފައި އުޅެވޭނެ ގޮތް ހެދުމަށްޓަކައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރެ އެވެ. އެގޮތުން މިދިޔަ ފިތުރު އީދު ދުވަހުގެ ހަވީރުގެ ހަވީރު ވެސް ވެހިކަލް ދުއްވުން މަނާކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް