ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފަހުން ހައްޔަރު ކުރި ދެ މީހުން: މިހާރު ޖުމްލަ 21 މީހަކު ވަނީ ހައްޔަރުކޮށްފައި.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި
މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ. އެއާ އެކު، މިހާތަނަށް މި މައްސަލައާ ގުޅިގެން ޖުމްލަ 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ވީ ކިހިނެއް؟ - ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި މިިދިޔަ ހުކުރު ދުވަހާ ހަމައަށް 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ އިތުރު މިދިޔަ ހޮނިހިރު ދުވަހު އިތުރު ދެ މީހަކު މި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތަފްސީލު - ފުލުހުންގެ ވެބްސައިޓުގައި ވަނީ ފަހުން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. އެއީ:
-
1-
އަބޫބަކުރު ފާރިއު، 25 - ނ. މިލަދޫ/ކާރނޭޝަންމާގެ
-
2-
ޝަބިމް އާދަމް، 31 - ފ. ދަރަނބޫދޫ/އާބާދީގުލްޝަން
ފުލުހުން ބުނީ:
-
ފާރިއުގެ ބަންދަށް ދެ މަސްދުވަސް ޖަހާފައިވާ ކަމަށް
-
ޝަބިމްގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް
މި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި އެހެން މީހުން:
-
1-
މުހައްމަދު ނަދީމް، 43 - ކ. ތުލުސްދޫ، ވީނަސް
-
2-
މުހައްމަދު ޒިލްޔަން، 37 - މއ. ކަނުހުރާ
-
3-
ޝާމީ ރަޝާދު އިދްރީސް، 30 - ދަފްތަރު ނަންބަރު 1105
-
4-
މުހައްމަދު މައުސޫމް، 40 - ތ. މަޑިފުށި/ހެޕީސައިޑް
-
5-
މުހައްމަދު ހުސައިން، 47 - ހއ. ތުރާކުނު/ގްރީންހައުސް
-
6-
އަމީން އަހްމަދު، 35 - ގދ. ރަތަފަންދޫ/ލިލީޕާކް
-
7-
މުހައްމަދު އިސްމާއީލް، 48 - ހއ. ހޯރަފުށި/ޔާގޫތުގެ
-
8-
އިބްރާހިމް ރައްޒާން، 32 - ސ. ހިތަދޫ/އޯކިޑްވިލާ
-
9-
އާދަމް ނިޝާން، 38 - ލ. މާމެންދޫ/ސޯސަންވިލާ
-
10-
އަހްމަދު ނަސޫހް، 26 - ގއ. މާމެންދޫ/އަސްރަފީވިލާ
-
11-
އަބްދުﷲ ރިފާއު، 31 - ތ. ތިމަރަފުށި/ނަރުގިސްވިލާ
-
12-
ފަޒްލޫން މުހައްމަދު 33، ށ. މިލަންދޫ، ނާޒް
-
13-
އަހްމަދު އަލީ، 26 - މ. ފަޅުމަތީގެ
-
14-
މުހައްމަދު ޒީޝާން ނާސިރު، 30 - ގ. ކޮލަމްބިއާ
-
15-
އިބްރާހީމް ޒިހާނު، 25 - ނ. ވެލިދޫ، މިލާނޯ
-
16-
އަލީ މިރުޝާދު، 31 - އއ. މާޅޮސް/ލަކީސްޓާ
-
17-
މުހައްމަދު ޝާން، 32 - ލ. މުންޑޫ/އަންނާރުމާގެ
-
18-
ޢަބްދުﷲ ނިޔާޒު، 41 - ގ. ފީނިކްސް
-
19-
އަލީ މުހައްމަދު، 36 - ތ. ތިމަރަފުށި/އަލީއާބާދު
މި 19 މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސްދުވަސް ވަނީ ޖަހާފަ އެވެ. ދެން ތިބި މީހުން ފަސް ދުވަސް ނުވަތަ 10 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހާދިސާ ކުރުކޮށް:
-
އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން
-
ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި
-
ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ
-
އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި
-
އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން
-
ޔޯގާ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި