ނ. އަތޮޅުގައި އިސްރާފު މަދުކުރާ ޕްލޭން ތަންފީޒުކުރަން ވެލާ ރިސޯޓާ އެކު ކައުންސިލުން އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ނ. އަތޮޅު ކައުންސިލް)

ކުނީގެ މައްސަލަ

ނ. އަތޮޅުގައި އިސްރާފު މަދުކުރަން ކައުންސިލާއި ވެލާ ރިސޯޓުން އެއްބަސްވެއްޖެ

އަތޮޅުގައި އެ ޕްލޭން ތަންފީޒުކުރުމަށް ސޮނޭވާ ޖާނީ، ސޮނެޭވާ ނަމޫނާ، ވެލާ ރިސޯޓް، ރޮބިންސަން ރިސޯޓާ އެކު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނޭ

ނ. އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދު ހިފެހެއްޓުމުގެ ޕްލޭން ތަންފީޒުކުރުމަށް އެހީތެރިކަން ހޯދުމަށް އެ އަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓާ އެކު ނ. އަތޮޅު ކައުންސިލުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި:

  • ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު 

  • ވެލާ ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެއިން މިލްގޭޓް

ނ. އަތޮޅުގައި އިސްރާފު މަދުކުރާ ޕްލޭން ތަންފީޒުކުރަން ވެލާ ރިސޯޓާ އެކު ކައުންސިލުން އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ނ. އަތޮޅު ކައުންސިލް)

ތަފްސީލް - އެއްބަސްވުމާ ގުޅޭ ގޮތުން ނ. އަތޮޅު ކައުންސިލުން ބުނީ ކުރިއަށް އޮތް ތިން އަހަރު ކައުންސިލުން އިސްރާފު ކުޑަކޮށް އިގްތިސާދު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ހިންގުމަށް ވެލާ ރިސޯޓުގެ 'ފެހިކުރަމާ' ޕްރޮގްރާމުން މާލީ އަދި ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެގޮތުން:

  • މި އަހަރު، ހުރިހާ ރަށަކަށް ކުނިވަށިގަނޑު ފޯރުކޮށްދޭނެ 

  • އިސްރާފު މެނޭޖްކުރުމަށް އާ އީޖާދުތައް ތައާރަފްކުރުމަށް އެހީތެރިކަން ލިބޭނެ

  • ސްކޫލްތަކާއި ކުޅިވަރު މަރުކަޒުތަކުގައި ޕްލާސްޓިކް ފުޅި މަދުވާނެ ގޮތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ

  • އަތޮޅުގައި އެ ޕްލޭން ތަންފީޒުކުރުމަށް ސޮނޭވާ ޖާނީ، ސޮނެޭވާ ނަމޫނާ، ވެލާ ރިސޯޓް، ރޮބިންސަން ރިސޯޓާ އެކު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނޭ

  • ނ. އަތޮޅުގައި އިސްރާފު މަދުކުރާ ޕްލޭން ތަންފީޒުކުރަން ވެލާ ރިސޯޓާ އެކު ކައުންސިލުން އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ނ. އަތޮޅު ކައުންސިލް)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކުނި މެނޭޖް ކުރުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ކޮމްޕޯސްޓް ޕްލާންޓެއް މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްކޮށް، ރިސޯޓްތަކަށް ހިދުމަތް ފޯރުކޮށްދިނުމަކީ މިހާރު ގާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް، އެކަން މަގުފަހިކުރުމަށް ބިލަށް އިސްލާހެއް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެހެނަސް އެއީ ވަކި ފެންވަރެއްގައި އެފަދަ ހިދުމަތެއް ގާއިމްކުރެވޭ ނަމަ، ބަންދުކޮށްފައި ބޭއްވުމަށް ވުރެ ހުއްދަ ދޫކޮށްލައި ހުޅުވާލުން މާ މުހިއްމު ކަމެއް. އެ ނޫން ގޮތަކަށް މުޅި އިގްތިސާދު ލާމައްސައިގެން ނޫނީ، ކުދި ޖަޒީރާ ގައުމެއްގައި އަސާސީ ހިދުމަތްތަކާ ވިޔަފާރި ދެކޮޅުނުޖެއްސޭނެ،" ބަޝީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް