ޔާމީން ރަޝީދު: އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ކުށް ސާބިތުވީ ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް އެކަނި.

ޔާމީން ރަޝީދުގެ މަރުގެ ދައުވާ ސާބިތުނުވި 2 މީހެއްގެ މައްސަލަ އިސްތިއުނާފްކޮށްފި

އެ މައްސަލައިގައި ދައުވާކުރި ހަ މީހުންގެ ތެރެއިން ކުށް ސާބިތުވި ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ މައްސަލަ އިސްތިއުނާފެއް ނުކުރެ

އޭޕްރީލް 2017ގައި ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ސާބިތުވި ނުވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - އެ މަރަށް ފަސް އަހަރެއްހާ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 19ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ކުށް ސާބިތުވީ ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް އެކަނި ކަމަށެވެ. ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތެއް ނުވި އެވެ. އެ ހަތަރު މީހުންނަކީ:

  • 1-

     މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ

  • 2-

    ހަސަން ޝިފާޒު، މ. ކުދެހިގެ

  • 3-

    އިސްމާއިލް ރަޝީދު މ. ތާއިފް

  • 4-

    ހުސައިން ޒިޔާދު، މ. ކޮޅުފުށީ އީސްޓް

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ކުށް ސާބިތު ނުވާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ. އެއީ:

  • 1-

    މުހައްމަދު ދިފްރާން

  • 2-

    އިސްމާއިލް ރަޝީދު

 އަނެއް ދެ މީހުންގެ މައްސަލަ އިސްތިއުނާފް ނުކުރީ، އެ އޮފީހުން ބުނި ގޮތުގައި، އެ ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.

ތަފްސީލް - ޔާމީންގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންނަކީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގޭ

  • އަހްމަދު ޒިހާން އިސްމާއިލް، މ. އިރާސްމިކުގެ

  • އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ޔާމީންގެ އާއިލާއަށް ދިނުމަށް ކޯޓުން ހުކުމް ކުރި

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވީ، ގަސްތު މަރެއްގެ ރުކުންތަކުގެ ތެރެއިން ޔާމީން މަރާލާފައިވަނީ އެ މީހުން ކުރި އަމަލެއްގެ ސަބަބުން ކަމަށް ޝައްކެއް ނެތް މިިންވަރަށް ސާބިތުކުރަން އެކަށީގެންވާ ހެކިތަކެއް ދައްކާފައި ނުވުމުން ކަމަށް ހުކުމްގައި ބުނެ އެވެ. އަދި މި ތަހުގީގުގައި އިދާރާތަކުން ބޮޑެތި އިހުމާލުތަކެއް ވެފައި ވާކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން -

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު އިސްތިއުނާފްކުރީ ހަތަރު މީހުންގެ މައްސަލަ ކަމަށް ލިޔެފައިވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ އިސްތިއުނާފްކުރީ ދައުވާ ސާބިތު ނުވި ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ މައްސަލަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް