ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ގިޔާސުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދަނީ. (ފޮޓޯ/ސައިރިކްސް)

ސައިރިކްސް ކޮލެޖުން 600އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މާސްޓާސް ލެވެލްގެ ޕްރޮގްރާމުތައް 67 ދަރިވަރަކު ފުރިހަމަކުރިއިރު، 124 ދަރިވަރަކު ވަނީ ޑިގްރީ ލެވެލްގެ ޕްރޮގަރާމްތަކުން ދަސްވެނިވެފައި
20 މާރިޗު 2022

ސައިރިކްސް ކޮލެޖުން އެކި ކޯސްތައް ފުރިހަމަކުރި 646 ދަރިވަރަކު ރޭ ދަސްވެނިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސައިރިކްސް ކޮލެޖްގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ގިޔާސުއްދީނު ސުކޫލުގެ ހޯލުގައި ވަނީ ބާއްވާފަ އެވެ.

ތަފްސީލް - ޖުމްލަ 646 ދަރިވަރުން، ތަފާތު އެކިއެކި ޕްރޮގްރާމްތަކުން ދަސްވެނިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާސްޓާސް ލެވެލްގެ ޕްރޮގްރާމުތައް ފުރިހަމަކުރި 67 ދަރިވަރުން 

  • ޑިގްރީ ލެވެލްގެ ޕްރޮގަރާމްތަކުން ދަސްވެނިވި 124 ދަރިވަރުން

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ގިޔާސުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދަނީ. (ފޮޓޯ/ސައިރިކްސް)

އެ ރަސްމިއްޔާތުގައި، 'އޮގަރު ފާއިޒާ އެވޯޑް'ގެ ނަމުގައި ހާއްސަ އެވޯޑެއް ވެސް ދިނެވެ. އެންމެ މަތީ ނަތީޖާއެއް ހޯދި ދަރިވަރަކަށް ދިން މި އެވޯޑު ހާސިލުކުރީ މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ފުރަތަމަ ބެޗުން ދަސްވެނިވި ސައީމާ ތައުފީގް އެވެ.

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ގިޔާސުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދަނީ. (ފޮޓޯ/ސައިރިކްސް)

މިނިސްޓަރުގެ ބަސް - ރޭގެ ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުން ވަރަށް މުހިންމެވެ. އެކަން ހާސިލުކުރުމަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށް އޭނާ ބާރުއެޅުއްވި އެވެ.

"އަޅުގަނޑަށް ސައިރިކްސް ކޮލެޖް ފާހަގަކުރެވެނީ ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކޮލެޖެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރެކްޓާގެ ބަސް - ކޮލެޖުގެ ރެކްޓާ ޑރ. އަލީ ފަވާޒް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީ އަކީ މަތީ ތައުލީމު ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. އެހެންވެ، ކޮވިޑުގެ ތެރޭގައި ކިޔަވައިދިނުމަށް ބޭނުންކުރަން ފެށި ޓެކްނޮލޮޖީގެ އާލަތްތަކާއި ވަސީލަތްތައް މުޅިން ދޫކޮށްނުލާ އެ ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް