ހުޅުމާލެ ފޭސް 2އިން ވިއްކާ ބިންތަކަށް ބިޑުކުރުމުގެ ބައްދަލުވުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހުޅުމާލެ

ހުޅުމާލެ ބީޗް ފްރޮންޓު ބިމަށް އެންމެ ބޮޑު އަގަކަށް އަކަފޫޓަކަށް 10،220 ރުފިޔާ

26 ގޯއްޗަށް 211 ފަރާތަކުން ބިޑްކުރި
9 ފެބްރުއަރީ 2022

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ފްރޮންޓުން ވިއްކަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާން ކުރި 26 ގޯއްޗަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 10،220ރ. ހުށަހަޅައިފި އެވެ.

ތަފްސީލް - ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗް ފްރޮންޓް ގޯތިތައް ގަންނަން 211 ފަރާތަކުން އަގު ހުށަހެޅި އިރު އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އައިޝަތު ޒައިނާ ނާޒިމް އާއި މަރިޔަމް ޒައްފަ ނާޒިމްގެ ނަމުގައި އަބްދުﷲ ނާޒިމް އެވެ. އެގޮތުން ޒައިނާ އާއި ޒައްފަ މިއިން ކޮންމެ މީހެއްގެ ނަމުގައި އަކަފޫޓަކަށް 10،220ރ. ހުށަހަޅާފައިވެ އެވެ. 

ދެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތްތަކަކީ:

  • ހައްވާ ޒާހިރާގެ ނަމުގައި ވިޔަފާރިވެރިޔާ އާމިރު މަންސޫރު - އަކަފޫޓަކަށް 9،112.99ރ

  • ފާތިމަތު އިޝާ މުހައްމަދު ޝަރަތުގެ ނަމުގައި ވިޔަފާރިވެރިޔާ މުހައްމަދު ޝަރަތު - އަކަފޫޓަކަށް 9،105.99ރ

  • ޒީނިޔާ އަބްދުލް ބާރީގެ ނަމުގައި އިބްރާހިމް ރަޝީދު - 8227.86ރ

  • ހަނާން ހަސަންގެ ނަމުގައި އިބްރާހިމް ރަޝީދު - 8227.86ރ

  • އަހުމަދު ހަލީމް - 8188.88ރ

  • ވިޔަފާރިވެރިޔާ އާމިރު މަންސާުރު -7711.99ރ

  • މޫސާ އިބްރާހިމް ދީދީގެ ނަމުގައި އަހުމަދު ޝަމްހީދު - 7،615.00ރ

  • މުހައްމަދު އަރިލް ނަދީމް - 7،555.99ރ

  • އަހުމަދު ޝަމްހީދު - 7،551.00ރ

  • މުހައްމަދު ހައިކަލް އައްބާސްގެ ނަމުގައި އިބްރާހިމް ނާބިތު ޒަކީ - 7،509.99ރ.

  • އާސިމާ އަލީގެ ނަމުގައި އިބްރާހިމް ނާބިތު ޒަކީ - 7،311.49ރ.

  • އައްބާސް މުހައްމަދުގެ ނަމުގައި އިބްރާހިމް ނާބިތު - 7،1557.79ރ

  • ފާތިމަތު ނަސީމާގެ ނަމުގައި ފަސީހު ޒާހިރު - 7،111.00ރ

  • އިބްރާހިމް އާސިމް ނަމުގައި އިސްމާއިލް އާސިމް - 7،081.00ރ

  • މަރިޔަމް ޝިފާގެ ނަމުގައި ހުސެން އަރަފާތު ސައީދު - 7،080.00ރ

  • ފާތިމަތު ޒާހިދާގެ ނަމުގައި އަހުމަދު އިޝާމް - 7،000.99ރ

  • މަރިޔަމް އަޒްހާ އިބްރާހިމްގެ ނަމުގައި އިބްރާހިމް އިސްމާއިލް - 6،900ރ

  • މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމްގެ ނަމުގައި އާދަމް ޝަފީގް - 6،802.00ރ

  • ޔަމާމާ ނަޝީދު - 6،799ރ

  • މާޖިދާ އިބްރާހިމް - 6،790.00ރ

  • އިބްރާހިމް މުއާވިން - 6،759.11ރ

އެނގުން މުހިންމު - ދެވަނަ ފޭސްގެ ބީޗް ފްރޮންޓުން ވިއްކާ ބިންތަކުގެ ބޮޑުމިނުގައި އުޅެނީ 1،676-2633.93 އަކަފޫޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް