މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އަރިހުގައި. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ލައިވް

ވަގުތީ ނަތީޖާ: އެމްޑީޕީގެ ރާޝިދު އިންތިހާބު ކާމިޔާބުކުރައްވައިފި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާލެ އާއި އެ ދާއިރާގެ ރަށްރަށުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައި. ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ވަނީ އިހުތިޖާޖުކޮށްފައި.
5 ފެބްރުއަރީ 2022
 
17:07 Feb 5, 2022
 
15:43 Feb 5, 2022

ރާޝިދުގެ 'ފުރިހަމަ ކާމިޔާބީ'އަށް ރައީސްގެ މަރުހަބާ

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެެއްވި ރާޝިދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެންމެ މަރުހަބާ ވިދާޅުވެފައި.

 
14:42 Feb 5, 2022

ހުރިހާ ވޯޓް ފޮއްޓެއްގެ ނަތީޖާ ލިބިފައިވާ އިރު އެމްޑީޕީގެ ރާޝިދު އިންތިހާބު ކާމިޔާބު ކުރީ 1،396 ވޯޓުންނެވެ. އެއީ އޭނާއާ އެންމެ ކައިރިން ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް ފަތުހީއަށް ވުރެ 232 ވޯޓު އިތުރު އަދަދެކެވެ. 

ކޮމަންޑޫ ބައި-އިލެކްޝަން (ވަގުތީ ނަތީޖާ):

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ) - 1،396 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 1،164 ވޯޓް

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) -320 ވޯޓް

 
14:36 Feb 5, 2022

މާލެ އެއް ނަމްބަރު ފޮށި

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ) - 280 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 241 ވޯޓް

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 89 ވޯޓް

ބާތިލް - 9 ވޯޓް

ޖުމްލަ - 619 ވޯޓް

 
14:30 Feb 5, 2022
 
13:32 Feb 5, 2022

ނަތީޖާ ނުލިބޭ ހަމައެކަނި ވޯޓް ފޮއްޓަކީ އިސްކަންދަރު ސްކޫލުގައި ބެހެއްޓި އެއް ނަމްބަރު ވޯޓް ފޮށި. އެ ފޮއްޓަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 693 

 
13:24 Feb 5, 2022

މިހާރު ނަތީޖާ ނުލިބޭ އެންމެ ވޯޓް ފޮއްޓެއް ބާކީ ހުރިއިރު 1،116 ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު އުޅުއްވަނީ ކުރީގައި. ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް އަދި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 923 ވޯޓް އަދި އެމްއެންޕީއިން ވާދަކުރި ހަންނާނަށް ލިބިފައި ވަނީ 231 ވޯޓް

 
13:12 Feb 5, 2022

ފޯކައިދޫ-މަރޮށި 2 (މާލޭގައި ބެހެއްޓި ފޮށި)

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ) - 234 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 178 ވޯޓް

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 69 ވޯޓް

ބާތިލް - 11 ވޯޓް

ޖުމްލަ - 492 ވޯޓް

 
13:10 Feb 5, 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ: ފޯކައިދޫ 2 ނަންބަރު ފޮށި. (ދައުރު އިންފޮގްރެފިކްސް/ މުސްތަފާ މުހައްމަދު)
 
13:10 Feb 5, 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ: ފޯކައިދޫ 1 ނަންބަރު ފޮށި. (ދައުރު އިންފޮގްރެފިކްސް/ މުސްތަފާ މުހައްމަދު)
 
13:10 Feb 5, 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ: މަރޮށި. (ދައުރު އިންފޮގްރެފިކް/ މުސްތަފާ މުހައްމަދު)
 
13:09 Feb 5, 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ: ކޮމަންޑޫ ޕްރީސްކޫލު، 2 ނަމްބަރު ފޮށި. (ދައުރު އިންފޮގްރެފިކްސް/ މުސްތަފާ މުހައްމަދު)
 
13:09 Feb 5, 2022

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ: ކޮމަންޑޫ ސްކޫލު، 1 ނަމްބަރު ފޮށި. (ދައުރު އިންފޮގްރެފިކްސް/ މުސްތަފާ މުހައްމަދު)
 
13:05 Feb 5, 2022

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ކުރި ހޯއްދެވުމާ ގުޅިގެން އޭނާގެ އުފަން ރަށް ފޯކައިދޫގައި އަންނަނީ އުފާފާޅުކުރަމުން. ރާޝިދު ހުންނެވީ ވެސް ފޯކައިދޫގައި

 
12:45 Feb 5, 2022

ފޯކައިދޫ 1 ނަމްބަރު ވޯޓް ފޮށި

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ) - 195 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 202 ވޯޓް

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 13 ވޯޓް

 
12:33 Feb 5, 2022

ފޯކައިދޫ ވޯޓް ފޮށި 2

  •  މުހައްމަދު ރާޝިދު (އެމްޑީޕީ) - 223 ވޯޓް

  • މޫސާ ފަތުހީ (ޕީޕީއެމް) - 204 ވޯޓް

  • ހަންނާން އިދުރީސް (އެމްއެންޕީ) - 11 ވޯޓް

 
12:29 Feb 5, 2022

މަރޮށި ވޯޓް ފޮށި

  • 1-

     މުހައްމަދު ރާޝިދު (އެމްޑީޕީ) - 161 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 95 ވޯޓް

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 37 ވޯޓް

ބާތިލް - 10 ވޯޓް

ޖުމްލަ - 303 ޖުމްލަ

 
12:19 Feb 5, 2022

ކޮމަންޑޫ ވޯޓްފޮށި 2 (ކޮމަންޑޫ ޕްރީ-ސްކޫލް)

  • 1-

     މުހައްމަދު ރާޝިދު (އެމްޑީޕީ) - 159 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 92

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 64

ބާތިލް - 2 ވޯޓް

ވޯޓްލީ ޖުމްލަ އަދަދު - 317 ވޯޓް

 
12:11 Feb 5, 2022

ކޮމަންޑޫ ސްކޫލް ވޯޓް ފޮށީގެ ނަތީޖާ

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ) - 144 ވޯޓް

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް) - 152

  • 3-

    ހަންނާން އިދުރީސް (އެމްއެންޕީ) - 37

ބާތިލް - 3 ވޯޓް

ވޯޓްލީ ޖުމްލަ އަދަދު - 336 ވޯޓް

 
11:50 Feb 5, 2022

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ފޯކައިދޫ-މަރޮށި މީހުން ވޯޓްލީ ފޮށި އަންނަނީ ގުނަން ތައްޔާރުވަމުން. މާލޭގައި ހުރި ކޮމަންޑޫ ވޯޓް ފޮށި ވެސް ދެންމެ ބަންދުކޮށްފި

 
11:36 Feb 5, 2022

ކޮމަންޑޫ ޕްރީން-ސްކޫލުގައި ބަހައްޓާފައިވާ ވޯޓް ފޮށި މިހާރު ވަނީ  ގުނަން ފަށާފައި. މާލޭގެ ވޯޓް ފޮށިތައް އަދި ގުނަން ނުފަށާ

ކޮމަންޑޫ ޕްރީންސްކޫލުގައި ބަހައްޓާފައި ހުރި ވޯޓް ފޮށީގެ ވޯޓް ގުނަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ކޮމަންޑޫ ޕްރީންސްކޫލުގައި ބަހައްޓާފައި ހުރި ވޯޓް ފޮށީގެ ވޯޓް ގުނަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
 
11:29 Feb 5, 2022

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓްލާ ފޮއްޓެއް ބަންދުކޮށްފައި (ދައުރު ފޮޓޯ/ނަޖާހު މަސްއޫދު)
 
11:23 Feb 5, 2022

4 ޖެހުމާ އެކު ވޯޓް ކިޔުތައް ވަނީ ބަންދުކޮށްފައި. އަދި ވޯޓްލާން މީހުން ނެތް ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައި. އެ ފޮށިތަކުގެ ވޯޓް 4:30 ގައި ގުނަން ފަށާނެ. އިސްކަންދަރު ސްކޫލުގެ އެއް ފޮށީގައ ވޯޓްލާން ކިޔޫގައި މީހުން އެބަތިބި

 
11:18 Feb 5, 2022

އިސްކަންދަރު ސްކޫލް ބޭރުގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި މައްސަލަ ހޫނުވެ ޒުވާބު ކުރަން ފެށުމުން އެ ސަރަހައްދުން ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

 
10:38 Feb 5, 2022

މިހާތަނަށް %77 މީހުން ވޯޓުލައިފި.

 
09:46 Feb 5, 2022

ޕީޕީއެމްގެ ޖަގަހައެއް އިސްކަންދަރު ސްކޫލް ކުރިމަތީ ހުޅުވައިފި

އިސްކަންދަރު ސްކޫލް ސަރަހައްދުގައި ހުންނަ ފުޑްކޯޓް ރެސްޓޯރަންޓު ރިޒާވްކޮށްގެން އެމްޑީޕީގެ ބަޔަކު ފައިސާ ބަހާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްއިން ބުނޭ. އަދި ޕީޕީއެމްއިން ވެސް މިހާރު ވަނީ އިސްކަންދަރު ސްކޫލް ކުރިމަތީ ޖަގަހައެއް ހުޅުވާފައި

އިސްކަންދަރު ސްކޫލް ކުރިމަތީ ޕީޕީއެމްއިން ހުޅުވި ޖަގަހަ (ފޮޓޯ/ޕީޕީއެމް)
 
09:43 Feb 5, 2022

އީސީއިން އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުގައި މެންދުރު 2 ޖެހުމާހަމައަށް ކޮމަންޑޫ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުންގެ ތެރެއިން 2،241 މީހަކު ވަނީ ވޯޓްލާފައި

 
09:38 Feb 5, 2022

ވޯޓްލާ މަރުކަޒުތަކުގައި ދިގު ކިޔުތަކެއް

އިސްކަންދަރު ސްކޫލުގައި ވޯޓުލާން ވެސް މިހާރު ދިގު ކިޔުއެއް އެބަ އޮތް. މެންދުރުފަހުން ވޯޓްލާ މަރުކަޒުތަކުގައި ކިޔުތައް ވަނީ ދިގުވާން ފަށާފައި. 

 
09:23 Feb 5, 2022

މަޖިލީހުގެ ގޮނޑިތައް މިހާރު ބެހިފައިވާ ގޮތް ދައްކައިދޭ ޗާޓެއް:

 
09:18 Feb 5, 2022

ނަތީޖާއަށް އަސަރު ފޯރާނެ ފަދަ ޝަކުވާއެއް އަދި ފާހަގައެއް ނުކުރެވޭ

މާ ގިނަ ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް ފުއާދު ވިދާޅުވި. މިހާތަނަށް ބެލިބެލުމުން އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރާނެ ފަދަ ޝަކުވާއެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި. ނަމަވެސް، އެކަން ޔަގީންކުރެވޭނީ ކޮމްޕްލެއިންސް ބިއުރޯ އިން އެ ޝަކުވާތައް ބަލައި ތަހުގީގުކޮށް ނިންމުމުންކަން އޭނާ ފާހަގަކުރެއްވި.

 
09:13 Feb 5, 2022

ވާދަވެރިކަމަށް ބަލާއިރު އިންތިހާބު ސުލްހަވެރި: ފުއާދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަނާ ގަޑީގައި ކެމްޕެއިން ކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވީ ނަމަވެސް މި އިންތިހާބުގެ ވާދަވެރިކަމާ އަޅާބަލާއިރު އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ ސުލްހަވެރިކޮށް ކަމަށް. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން %90 މީހުން ވޯޓުލާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވި.

 
09:07 Feb 5, 2022

އެމްޑީޕީން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމްއެންޕީން ވެސް އީސީއަށް

ށ. ފޯކައިދޫގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު، މިހާރު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށް ދަނިކޮށް އެ ރަށުގެ ބައެއް މީހުންނާ ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށް މަސައްކަތްކުރެއްވި ކަމަށް ބުނެ އެމްއެންޕީން ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައި.

 
08:50 Feb 5, 2022

ވޯޓުލުން ކުރިއަށްދާ ވަގުތު، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ އިސްވެެރިން ވަނީ ބާޖަމާލުއްދީން އިމާރާތުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގެން، ޝަކުވާ ހުށަހަޅުއްވާފައި.

 
08:40 Feb 5, 2022

ކޮމަންޑޫގައި ވޯޓްލާން ނިކުންނަ މީހުން އިތުރުވާން ފަށައިފި

ކޮމަންޑޫގައި ވޯޓްލާން ނިކުންނަ މީހުން މިހާރު ވަނީ އިތުރުވާން ފަށާފައި. ހެނދުނު ވޯޓްލާން އެހާ ބޮޑު ތަރުހީބެއް ނެތް. ވޯޓްލުން ބަންދު ކުރަނީ ހަވީރު 4 ޖަހާއިރު.

 
08:30 Feb 5, 2022

އިދިކޮޅުން މައްސަލަތައް ހިފައިގެން އީސީއަށް

މާލޭގައި ވޯޓުލާ މަރުކަޒު ހުންނަ އިސްކަންދަރު ސްކޫލް ކައިރީ އެމްޑީޕީއިން ކެމްޕޭން ޖަގަހައެއް އޮޕަރޭޓް ކުރާ ކަމަށް ބުނެ އިދިކޮޅުގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ ސެންޓަރު ބާ ޖަމާލުއްދީނަށް ވަޑައިގެން ޝަކުވާ ހުށަހަޅުއްވަނީ. އެ ތަނަށް ވަޑައިގެން ބޭފުޅުން ތެރޭގައި މާލޭގެ މޭޔަރު މުހައްމަދު މުއިއްޒާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނޭ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީނަށް އިދިކޮޅުގެ ބޭފުޅުން ވަޑައިގެން މައްސަލަ ހުށަހަޅުއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
 
08:21 Feb 5, 2022

56% މީހުން ވޯޓުލައިފި

މިއަދު 1 ޖެހުމާ ހަމައަށް 1،857 މީހަކު ވޯޓްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަސްގެ ތަފާސްހިސާބުތަކުން ދައްކައިފި. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ، 3،309 މީހުންގެ %56.

 
07:55 Feb 5, 2022

 
07:47 Feb 5, 2022

އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން މުޒާހަރާކުރުން

 
07:31 Feb 5, 2022

ކޮމަންޑޫ ދާއިރާގެ 3 ކެންޑިޑޭޓުން ވެސް ވޯޓުލައްވައިފި

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް މިހާރު ވަނީ ވޯޓުލައްވާފައި. އެމްޑީޕީގެ ރާޝިދު ވޯޓުލެއްވީ ފޯކައިދޫއަށް. ޕީިޕީއެމްގެ މޫސާ ފަތުހީ ކޮމަންޑޫގައި ވޯޓުލެއްވިއިރު، އެމްއެންޕީގެ ހަންނާން ވޯޓުލެއްވީ މާލޭގައި.

އިތުރަށް ކިޔާލަން -

 
07:20 Feb 5, 2022

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރީ ވެރިކަންކުރާ އެމްޑީޕީން. މި އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދައިދިނުމަށް އެމްޑީޕީއާ އެކު ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖޭޕީ އާއި އަދާލަތުން މަސައްކަތްކޮށްފައިވޭ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާ ގުޅޭ އިންފޮގްރެފިކެއް. (ދައުރު އިންފޮގްރެފިކްސް/ މުސްތަފާ މުހައްމަދު)
 
07:08 Feb 5, 2022

ޕީޕީއެމް އެކްޓިވިސްޓުންގެ އިހުތިޖާޖެއް ވޯޓުލާ މަރުކަޒު ކުރިމަތީ

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ މާލޭގައި ވޯޓުލުން ކުރިއަށްދާ އިސްކަންދަރު ސްކޫލް ކުރިމައްޗަށް އެއްވެ އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ބަހާ ކެމްޕޭން ހިންގާ ކަމަށް ތުހުމަތުކޮށް އިހުތިޖާޖުކޮށްފައި. އެ މީހުން ހުއްޓުވަން ފުލުހުން އެ ސަރަހައްދަށް އައިސް މަސައްކަތް ކުރި. އެ މައްސަލަ ޕީޕީއެމްއިން ވަނީ މިހާރު އީސީއަށް ވެސް ހުށަހަޅާފައި.

އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިސްކަންދަރު ސުކޫލުގެ ކުރިމަތީގައި ޕީޕީއެމްގެ އެކްޓިވިސްޓުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިސްކަންދަރު ސުކޫލުގެ ކުރިމަތީގައި ޕީޕީއެމްގެ އެކްޓިވިސްޓުން އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
 
06:59 Feb 5, 2022

11 ޖެހުމާ ހަމައަށް ވޯޓުލީ %32.7 މީހުން

ބައި-އިލެކްޝަންގެ ވޯޓުގައި މިއަދު 11 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 1،083 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުންގެ %32.7.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާލެ އާއި އެ ދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށް އެބަދެ އެވެ. މި އިންތިހާބުގައި، މާލޭގެ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ދޮށުގައި، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް