ނޮޓިފައި ޕްލެޓްފޯމް
ނޮޓިފައި، ވަޒީފާ އާއި އިއުލާންތަކަށް ހާއްސަ ޕްލެޓްފޯމް ލޯންޗުކޮށްފި
ވަޒީފާ އާއި އާންމު އިއުލާންތަކާއި އެނައުންސްމެންޓް އަދި ޓެންޑާ ފަދަ، އާންމުންނާ ހަމައަށް އެކި އިދާރާތަކާއި ކުންފުނިތަކުން ފޮނުވަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ، ވަރަށް ޒަމާނީ ޕްލެޓްފޯމެއް، 'ނޮޓިފައި'ގެ ނަމުގައި، ނެކްސްޓް މީޑިއާ ގްރޫޕުން މިއަދު ލޯންޗުކޮށްފި އެވެ.
ޓެކްނޮލޮޖީގެ ގޮތުން މިއަދު ލިބެންހުރި ފަސޭހަތައް އެންމެ ފުރިހަމައަށް ހިމަނައިގެން ހަދާފައިވާ މި ޕްލެޓްފޯމްގައި، އެނައުންސްމަންޓެއް ޖެހުމަކުން އަދި ނުނިމެއެވެ. ވަޒީފާ، ޓެންޑާ ފަދަ އެނައުންސްމަންޓް ޖަހާ ފަރާތުން ބޭނުންފުޅުވާނަމަ، މި ޕްލެޓްފޯމް މެދުވެރިކޮށް އެ އެނައުންސްމެންޓްތަކަށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލުމުގެ ފުރުސަތުވެސް ލިބެއެވެ. ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކަށް ވެސް މިކަމުން ފަސޭހަ ވެގެންދާނެއެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތަށް ބަލައިގެން ފަރުމާ ކުރި ޕްލެޓްފޯމެއް. ޒަމާނީ ގިނަ ފަސޭހަތަކެއް ހިމަނައިގެން، ބޭނުންކުރަން އެހާ ފަސޭހަކޮށް ހެދީ،" ނެކްސްޓް މީޑިއާ ގްރޫޕްގެ ސީއީއޯ ޝައްމޫން އަފީފް ވިދާޅުވި އެވެ.
މިދިއަ ސެޕްޓެމްބަރު މަހު ލޯންޗުކުރި ނިއުސް ވެބްސައިޓް 'ދައުރު' ވެސް ހިންގަމުން އަންނަ ކުންފުނީގެ ސީއީއޯ ވިދާޅުވީ "ނޮޓިފައި" ވާނީ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކަށް ވެސް ވަރަށް ފަހި ފުރުސަތަކަށެވެ.
ވަޒީފާ ނުވަތަ އެހެނިހެން އިއުލާން ތައް ޕޯސްޓް ކޮށްލުން
ލޮގިން ކޮށްލައިގެން، ވަޒީފާ، އިއުލާން ފަދަ ތަކެތި އަމިއްލައަށް ލިސްޓް ކޮށްލެވޭނެ
ވިޔަފާރިތަކަށް ރަނގަޅު ފުރުސަތެއް
އެކި ފެންވަރުގެ ވިޔަފާރިތަކަށް އެކަށޭނެ ޕެކޭޖްތައް ހިމެނޭ ނޮޓިފައި ޕްލެޓްފޯމްގެ ހޯމްޕޭޖްގައި ކުންފުނީގެ ޕްރޮފައިލް ފީޗާކުރެވޭނެ
ވަޒީފާ ހޯދާ ފަރާތްތަކަށް ފަސޭހައެއް
ހޯދަން ބޭނުންވާ ދާއިރާއެއްގެ ވަޒީފާ ޕޯސްޓްތައް ފިލްޓާ ކޮށްލެވޭ
ދައުރު ނޫހުގައި ފީޗާކުރުން
ޕަބްލިޝްކުރާ އިއުލާންތައް ދައުރު، އަދި މޯލްޑިވްސް އިންސައިޑާ ވެބްސައިޓްގައި ފީޗާކުރުމުގެ ފުރުސަތު
ކުންފުނިތަކުން ފޯރުކޮށްދޭން ބޭނުންވާ މުހިންމު މައުލޫމާތު
މި ޕްލެޓްފޯމުގައި ޕަބްލިޝްކުރާ ފަރާތްތަކުގެ ޕްރްފައިލްގައި އެފަރާތަކުން ބޭނުންވާ މައުލޫމާތާއި ފޮޓޯ ހިމެނުމުގެ ފުރުސަތު. ވަޒީފާއަށް އެންމެ ރަނގަޅު ފަރާތްތައް ޝައުގުވެރިކުރުވުމަށް، އެފަރާތްތަކަށް މުހިންމުވާނެ، ކުންފުންޏާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން މި ޕްރޮފައިލް ބޭނުން ކުރެއްވޭނެ.
ލޯންޗްކުރުމާ ގުޅިގެން މި ޕްލެޓްފޯމްގެ ފީޗާތައް، އަމިއްލައަށް ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ވިޔަފާރިތަކަށް ދިނުމުގެ ގޮތުން ހިލޭ ސަބްސްކްރައިބް ކުރެވޭ ޓްރަޔަލް ޕެކޭޖެއް ހިމެނިފައިވެއެވެ.
ރާއްޖޭގައި ވިޔަފާރިތަކަށް ވެސް ޓެކްނޮލޮޖީގެ ވަރަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. އަދި ވިޔަފާރި ހިންގާ ގޮތާއި ކުރާ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ނޮޓިފައި ތަރައްގީކޮށްފައި ވަނީ އެ ހުރިހާ ކަމަށް ބަލައި، ވަރަށް ފަސޭހަކަމާ އެކު ހިދުމަތް ހޯދޭ ގޮތަށެވެ. އަދި ނޮޓިފައިގެ ކަސްޓަމަރުން ބޭނުން ވެއްޖެ ނަމަ ދުވަހު ނޫސް 'ދައުރު' އާއި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ވެބްސައިޓް ކަމަށްވާ މޯލްޑިވްސް އިންސައިޑާ ގައި ވެސް ފީޗާކުރެވޭނެ އެވެ.
ވަޒީފާ ހޯދަން ވަރަށް ގިނަ ބަޔަކު އެކި ތަންތަނުގެ އިއުލާންތަކާ އެއްޗެހި ބަލަ އެވެ. ވަޒީފާ ބޭނުންވާ މީހާއަށް ވަޒިފާއަށް އެދި ހުށައެޅޭނެ ފަސޭހަ ގޮތްތަކެއް ވެސް ބޭނުންވާތީ، ނޮޓިފައިގައި ވަނީ އެ ބައިތައް ވެސް ލައިފަ އެވެ. ވަޒީފާއަށް އެދި ވަގުތުން މެއިލްކޮށްލެވޭނެ ނިޒާމް، ނޮޓިފައިގެ ތެރެއިން ލިބޭނެ އެވެ. އަދި ބޭނުންވާ ކަހަލަ ވަޒީފާއެއް ލިބެން ހުރީ ކޮން ތަންތަނަކުންތޯ ވެސް ބަލައިލެވޭނެ އެވެ.
ޝައްމޫން ވިދާޅުވީ މިއީ މިއަދުގެ ބާޒާރަށް 'ޓޯޓަލް ހައްލެއް' ކަމަށެވެ. އަމިއްލަ ކުންފުނިތަކާއި ރިސޯޓްތަކަށް ވެސް ވަރަށް ފަސޭހަ އަދި އެހާމެ ބޭނުންތެރި ނިޒާމެއް ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.
ސޮލިޑްޓްރީގެ އެހީތެރިކަމާ އެކެ ތައްޔާރުކުރި ނޮޓިފައި ލޯންޗްކުރާއިރު ގިނަ ފީޗާސްތަކެއް ހިމެނުނު ކަމުގައި ވިޔަސް، އަދި ވެސް އިތުރު ފީޗާސްތަކާއި ފަސޭހަތައް ހިމެނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ނޮޓިފައިއާއި ބެހޭގޮތުން އިތުރުމައުލޫމާތު ހޯދާލުމަށް: 7692020
ކޮމެންޓް (2)
އަހަންމަދާ
މުޙައްމަދު