ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލީ ނަސީރު. (ފޮޓޯ/ ރައީސް އޮފީސް)

ސިވިލް ކޯޓު

މަގާމު ދަށްކުރި ގާޒީ އަލީ ނަސީރު އަލުން ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލައްވައިފި

މިދިޔަ ސެޕްޓޭމްބަރު މަހު އޭނާ ވ. ފެލިދޫ މެޖިސްޓްރޭޓު ކޯޓަށް ބަދަލު ކުރީ ޖޭއެސްސީއިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވުމުން
17 ޖެނުއަރީ 2022

ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު، ސުލޫކީ މައްސަލައެއް ސާބިތުވުމުން މަގާމު ދަށްކޮށް މެޖިސްޓްރޭޓު ކޯޓަކަށް ބަދަލުކުރި ގާޒީ އަލީ ނަސީރު އަލުން ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު އަލީ ނަސީރުގެ މަގާމު ދަށް ކުރީ، އޭނާ ބެއްލެވި ދެ މައްސަލައެއްގައި ހިމެނޭ ދެ ފަރާތުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީ އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވިކަން ޖޭއެސްސީން ބެލި ސުލޫކީ މައްސަލަ ސާބިތުވުމުންނެވެ.

  • ހުރި މަގާމަކަށް ވުރެ ދަށް މަގާމަކަށް ބަދަލު ކުރުމުގައި ޖޭއެސްސީގެ ގާނޫނުގެ ދަށުން ފަނޑިޔާރަކަށް އެޅިދާނެ ފިޔަވަޅެއް

  • ކޮމިޝަނުން ދިން ފުރުސަތުތަކުގެ ތެރެއިން އަލީ ނަސީރު އިހްތިޔާރުކުރެއްވީ ވ. ފެލިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުކަން

ސިވިލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް ޖޭއެސްސީން ހުޅުވާލީ މިދިޔަ މަހުގެ 15ގަ އެވެ. އިއްޔެ އެ މަގާމުތަކަށް ކުރިމަތިލި 23 މީހުންގެ ލިސްޓު އެ ކޮމިޝަނުން އާންމުކުރި އިރު އޭގެ ތެރޭގައި އަލީ ނަސީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ

ޖޭއެސްސީއިން އިއްޔެ އާންމު ކުރި ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް 23 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ ބޭފުޅުންނަކީ:

  • 1-

    އަލީ ނަސީރު، ގާރޑެނިޔާވިލާ، ބ.ކިހާދޫ

  • 2-

    ނަފީލު މުހައްމަދު، ލަކީހޯމް، ގއ.ދާންދޫ

  • 3-

    އުއްމުކުލްޘޫމް އަބޫބަކުރު، ރަނައުރާގެ، ބ.ހިތާދޫ

  • 4-

    ޢަލީ ރިޟާ، ދަފްތަރު ނަންބަރު ރސ 7172 މާލެ

  • 5-

    ޝުކުރުﷲ ޝަކީލް، ސިޔާމާމަންޒިލް، އއ.ފެރިދޫ

  • 6-

    ސުލައިމާން މުހައްމަދު، ނޫރާނީގެ، ޅ.ކުރެންދޫ

  • 7-

    މުހައްމަދު މޫސާ، ސިނަމާގެ، ޅ.ނައިފަރު

  • 8-

    އިބްރާހީމް އަލީ، ގ.އަންމޯލް، ކ.މާލެ

  • 9-

    އަބްދުލްމުހްސިން އަބްދުލްހަކީމް، އާކުރި، ގއ.ނިލަންދޫ

  • 10-

    މުހައްމަދު ވިދާން ޝާކިރު، ހ.ހުދުފިނިފެންމާގެ، ކ.މާލެ

  • 11-

    އަބްދުﷲ މިފްރާޒް ނިޒާރު، ގ.އޮށްޓަރު، ކ.މާލެ

  • 12-

    ޒުލައިހާ ޝީޒާ، ފިތިރޯނުގެ، ސ.ފޭދޫ

  • 13-

    ސައްޔާހް ހަލީލް، ހިތިލާގެ، ގއ.ކޮލަމާފުށި

  • 14-

    ހަމްދޫން ރަޝީދު، ފަޒާ، ށ.ފޯކައިދޫ

  • 15-

    އާދަމް ޒާލިފް، އޯކިޑުމާގެ، ގއ.ގެމަނަފުށި

  • 16-

    އަބްދުﷲ ފަހުމީ، އަލިމަސްގެ، ގއ.ފެމަނަފުށި

  • 17-

    މަނާފް އިބްރާހީމް، މުލަންމާގެ، ގއ.ދާންދޫ

  • 18-

    އަހުމަދު ނިމާލް ޖުނައިދު، ފެހިގެ، ގއ.މާމެންދޫ

  • 19-

    މަރްޔަމް ޝާނީ، ސަނދުބަރަކާގެ، ހއ.ދިއްދޫ

  • 20-

    މުހައްމަދު ނިޝާތު، ރީލްމަންޒިލް، ގއ.ކަނޑުހުޅުދޫ

  • 21-

    ހަސަން ޝިޔާމް މުހައްމަދު، ސަދަންވިލާ، ގދ.ވާދޫ

  • 22-

    ސިނާން އަލީ، ސަންޑަލްވޫޑް، ގދ.ފިޔޯރީ

  • 23-

    އަޙްމަދު ޝިފާއު، ލަކީސްޓަރ، ހއ.މާރަންދޫ

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ މުއްދަތު، އެންމެ ފުރަތަމަ ހުޅުވާލީ ޑިސެމްބަރު 30ގެ ނިޔަލަށެވެ. ޖޭއެސްސީއިން ފަހުން ވަނީ އެ މުއްދަތު މި މަހުގެ15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެނގުން މުހިންމު - އަލީ ނަސީރަކީ މަގާމު ދަށް ކުރުމުގެ ފިޔަވަޅު އެޅި ދެވަނަ ފަނޑިޔާރެވެ. އޭގެ ކުރިން ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި އަހުމަދު ޝަރީފުގެ މަގާމު ދަށްކޮށް އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް