މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފޯޅަވަހި ބަޔަކާ ހަވާލުކުރާ ނަމަ ދޭން ވާނީ ރާއްޖެއަށް: ރައީސް

ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތުން މިއަހަރު ކުރީކޮޅު ފެށި މަޝްވަރާތައް ވަނީ މަޑުޖެހިފައި؛ ރައީސް ވިދާޅުވީ އެ ރަށްތައް ބަޔަކާ ހަވާލުކުރާ ނަމަ ކުރަން ޖެހޭނީ ރާއްޖެއާ ކަމަށް
1 ގަޑިއިރު ކުރިން

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކަށް ސަރުކާރުން ކުރާ ދައުވާ ތަކުރާރުކޮށް، އެތަން ބަޔަކާ ހަވާލުކުރާ ނަމަ ކުރަން ވާނީ ރާއްޖެއާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޯޅަވަހި މައްސަލައަށް އަލިއަޅުވާލައްވާފަ އެވެ.

އެނގުން މުހިންމު - ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލުމާ ބެހޭ ޕްލޭނާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުން މިއަހަރުގެ ކުރީކޮޅު ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - އެ މައްސަލައިގައި ރައީސް މިއަދު ވިދާޅުވީ ތާރީހު ހެކި ދޭ ގޮތުގައި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ. (ފޮޓޯ/ރައީސް އޮފީސް)

"ނުވަ ވަނަ ހަސަން ރަސްގެފާނުގެ ލިޔުުންކޮޅު، އެ ވަނީ ވަރަށް ސާފު. އެެހެންވީމަ ރައިޓްފުލް އޯނަރަށް [ފޯޅަވަހި ބަޔަކާ ހަވާލުކުރާ ނަމަ] ހަވާލުކުރަން ޖެހޭނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

"އެހެން ނޫނީ މިހާރު އޮތް ގޮތަށް ކުރިއަށް ދިއުމަކީ އެއްވެސް މައްސަލައެއް ނޫން."

ރައީސް ވިދާޅުވީ އެ މައްސަލައިގެ މަޝްވަރާތައް ސަރުކާރުން މިހާރު ވެސް އެބަ ކުރިއަށްގެންދާ ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި އެމެރިކާއިން މަޝްވަރާ ކުރަން ފެށި ފަހުން، މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖެހުނެވެ.

އެއީ އެކަމުގައި އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުންނެވެ

އޭގެ ފަހުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ނިންމެވި ނިންމެވުން ބާތިލުކޮށް، އެ ރަށްތައް އެމެރިކާގެ ދަށަށް ގެނައުމުގެ ހުށަހެޅުމަކަށް ވައިޓް ހައުސްއިން ބަލަމުން އަންނަ ކަމަށް ހަބަރު ފެތުރުނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް