ސުޕްރީމް ކޯޓު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓު

އަންހެނަކަށް ވެގެން އޮރިޔާން ފޮޓޯ ހޯދައި ބްލެކްމެއިލްކުރި މީހަކަށް ކުރި ދައުވާ ކުރިއަށް ގެންދަން އަންގައިފި

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލީ، ބްލެކްމެއިލް ކުރުމުގެ ކުރިން ސީދާ ޖިސްމާނީ ނުވަތަ މާއްދީ ބީހުމެއްގެ ޖިންސީ އަމަލެއް ހިނގާފައި ނުވާ ކަމަށް ބަލައިގެން
1 ގަޑިއިރު ކުރިން

އަންހެނަކަށްވެގެން އޮރިޔާން ފޮޓޯ އާއި ވީޑިއޯ ހޯދުމަށް ފަހު ފައިސާއަށް ޑިމާންޑުކޮށް، ފިރިހެނަކު ބްލެކްމެއިލްކުރި މައްސަލައެއްގެ ދައުވާ ކްެރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އެ ދައުވާ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ދައުވާކުރީ، މުހައްމަަދު ފަވާޒު ލުތުފީ، ލިލީގަސްދޮށުގެ/ސ. ފޭދޫގެ މައްޗަށެވެ. އޭނާގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއީ، އަންހެނަކަށް ހެދިގެން ސްނެޕްޗެޓުން ފިރިހެނަކާއި ވާހަކަދައްކައި، އޭނާ ލައްވައި ބަރަހަނާ މަންޒަރު ހޯދައި އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުުހުމަތުގަ އެވެ.

ދައުވާގައިވާ ގޮތުން، ބަރަހަނާ މަންޒަރު ފޮނުވުމުން، އޭނަގެ އަތުން ފައިސާ ހޯދަން އެ ތަކެތި ލީކުކޮށްލާނެ ކަމުގެ ބިރުދައްކާފައިވެ އެވެ.

އެކަމަކު އެ ދައުވާއަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލުކޮށް، ބޭރުކޮށްލީ އެވެ. މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލުކުރި ސަބަބަކީ، ބްލެކްމެއިލް ކުރުމުގެ ކުރިން ސީދާ ޖިސްމާނީ ނުވަތަ މާއްދީ ބީހުމެއްގެ ޖިންސީ އަމަލެއް ހިނގާފައި ނުވާ ކަމަށް ބަލައިގެންނެވެ.

ހައި ކޯޓުން ވެސް މި ނިންމުން ދެމެހެއްޓި އެވެ. އެހެންވެ، ޕީޖީން ދެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ވަނީ، އެ ދައުވާއަކީ މަދަނީ މިންގަނޑު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފަ އެވެ.

އެހެންވެ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަ މިހާރު އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް އެ ކޯޓަށް އެންގި އެވެ.

ހުކުމްގައިވަނީ:

  • ޖިންސީ ކުށުގެ ގާނޫނުގެ 9 ވަނަ މާއްދާއާއި 35 ވަނަ މާއްދާ އެކުގައި ކިޔައި މާނަކުރާއިރު، ޖިންސީ އަމަލަކީ ހަމައެކަނި ސީދާ މާއްދީ ބީހުމަކަށް ނުވަތަ ޖިންސީ ގުނަވަންތަކުގެ މެދުގައި ހިންގާ އަމަލުތަކަށް އެކަނި ހަނިކުރެވޭނެ ކަމެއް ނޫން

  • ހަށިގަނޑުގައި އަތްލުމާ ނުލާ ވެސް، މީހެއްގެ ހަށިގަނޑަށް އަމާޒުކޮށްގެން ނުވަތަ ޖިންސީ ތަސައްވުރެއް އުފެދޭ ގޮތަށް މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ހިންގާ އަމަލުތަކާއި އޮރިޔާން ކާޑު ބަދަލުކުރުމުގެ އަމަލުތައް ވެސް ޖިންސީ އަމަލުގެ ދާއިރާއަށް ވަންނާނެ 

  • މި މައްސަލާގައި، ދެ ފަރާތުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކާއި މެސެޖުތަކާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ޖިންސީ ނިޔަތެއް އޮތްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލޭނެ އެކަށީގެންވާ ހެކި ހުށަހެޅިފައިވާކަން އެނގޭ

  • ހަތް މަސްދުވަސް ވަންދެން ޝަހުސް އޮޅުވާލައިގެން ފިރިހެންމީހާއާ ލުތުފީ ވާހަކަދައްކައި ޖިންސީ އެދުން ފުއްދަން ވާހަކަދައްކައި، އޭގެ ނަތީޖާއެއްގެ ގޮތުން ދެމެދުގައި އޮރިޔާން މަންޒަރު ބަދަލުކޮށްފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް