މިދިޔަ އާދިއްތަ ދުވަހު ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރި 2 މީހުން.

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި 3 މީހުން ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަތީ މަސްތުވާތަކެތި ހަށިގަނޑުގައި ބަނދެގެން ރާއްޖެއަށް އައި ޖެމެއިކާ ރައްޔިތަކާއި އޭނާއާ ގުޅިގެން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން. އޭގެ ތެރެއިން އެކަކު ވަނަވަރު ހާމައެއް ނުކުރޭ
53 މިނިޓު ކުރިން

ރާއްޖެއަށް ވައިގެ މަގުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައްޔަރުކުރީ:

  • ޖެމެއިކާ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން، 53

  • އިބްރާހިމް އަތޫފް، 20، ނޯރައިޓްގެ/ނ. ޅޮހި 

  • އިތުރު ދިވެއްސެއް؛ އެ މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރޭ

ތަފްސީލު - އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވައިގެ މަގުން އޭނާ ރާއްޖެއަށް އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ.

އިބްރާހިމް އަތޫފް އާއި ވަނަވަރު ސިއްރުކޮށްފައިވާ ދިވެހި މީހާ ހައްޔަރުކުރީ އެންޑްރޫ ލޮއިޑް ކޯބިންއާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިންނެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެންޑްރޫ އާއި އަތޫފްގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ވަނަވަރު ސިއްރުކޮށްފައިވާ މީހާއަށް ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް