ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެފައި.
ހަނިމާދޫގައި ލޯންޗެއް ބޭނުންނުކުރެވޭ ވަރަށް އަނދައި ކައްޕި ފަރުވާއަށް ކުޅުދުއްފުއްޓަށް
ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، އެ ލޯންޗުގެ ކައްޕި އިތުރު ފަރުވާއަށް އެ އަތޮޅު ކުޅުދުއްފުއްޓަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:20 ހާއިރު ކަމަށެވެ.
ތަފްސީލް - މި ހާދިސާގައި ލޯންޗުގެ ކައްޕިއަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:
-
ފަޅުވެރިޔާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި
-
ކައްޕިއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި
-
މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް