ޓީޓީއެޗު ކްލިނިކް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ޓީޓީއެޗު ކްލިނިކް މާލޭގައި ނިއުރޯސާޖަރީގެ ހިދުމަތްތައް ފަށައިފި

މި ހިދުމަތް ދެއްވާނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން، ޑރ. އަލީ އާފީ
18 ގަޑިއިރު ކުރިން

މާލޭގައި އުޅޭ މީހުންނަށް ފަސޭހަކަމާ އެކު ހާއްސަ ބަލިތަކުގެ ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި، ޓީޓީއެޗު ކްލިނިކް މާލޭގައި ނިއުރޯސާޖަރީ ނުވަތަ ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ކޮންސަލްޓޭޝަންގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ކްލިނިކުގައި ނިއުރޯސާޖަރީ ކޮންސަލްޓެޝަންގެ ހިދުމަތް ތައާރަފުކުރުމަކީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް އާންމުންނާ ގާތުން ފޯރުކޮށްދިނުމަށާއި ބަލިމީހުންނަށް އެންމެ އެކަށީގެންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

ތަފްސީލް - މި ހިދުމަތް ދެއްވާނީ:

  • ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން، ޑރ. އަލީ އާފީ 

  • ޑރ. އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް

މި ހިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ބަލިމީހުންނަށް ލިބޭނީ:

  • މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތައް

  • ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތައް

  • ސިކުނޑީގައި ފެން ހެދުމާއި އެހެނިހެން ނާރުގެ ބަލިތައް

  • ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތައް

  • ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތައް

  • ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތައް

ޑޮކްޓަރަށް ދެއްކޭނެ ގަޑިތަކަކީ:

  • ޓީޓީއެޗު ކްލިނިކް މާލޭގައި ނިއުރޯސާޖަރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 5 އިން 6އަށް

  • ޓީޓީއެޗު ކްލިނިކް ހުންނަނީ މާލޭ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް