ހުއްދަ ބޯޑު ނުބަހައްޓައި މަސައްކަތްކުރަމުންދިއުމުން ޖޫރިމަނާކުރި ގެ(ފޮޓޯ/މާލެ ކައުންސިލް)
ހުއްދަ ބޯޑު ނެތި މަގުމަތީ މަސައްކަތްކުރުމުން ޖޫރިމަނާކޮށްފި
މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ބޯޑު ނުބަހައްޓައި މާލޭ މަގުމަތީގައި މަސައްކަތްކުރުމުން ހުއްޓުވައި ޖޫރިމަނާކޮށްފި އެވެ.
ތަފްސީލް - މަގުމަތީގައި މަސައްކަތްކުރުމަށް މާލޭ ކައުންސިލުން ދޭ ހުއްދަ ބޯޑު ނެތި މަސައްކަތްކޮށްގެން މިއަދު ޖޫރިމަނާކުރީ ހ. މާދޫ ކިޔާ ގެ އެކެވެ.
އެކަން އަންގައި ފޮނުވާފައިވާ ޗިޓުގައި ވާގޮތުން، ޖޫރިމަނާކޮށްފައިވަނީ، ހުއްދަ ބޯޑު ނެތި ބޮޑުތަކުރުފާނުމަގު ޕޭމަންޓްމަތީގައި މަސައްކަތްކުރަމުންދިއުމުންނެވެ. އެއީ މާލޭ ސިޓީގެ މަގުތަކާއި ޕޭމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މަސައްކަތްކުރުމުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ޗިޓުގައިވެ އެވެ.
ކައުންސިލުން ސޯޝަލް މީޑިއާގައި އެކަމާގުޅޭގޮތުން ހިއްސާކޮށްފައިވާ ޕޯސްޓުގައި އެ ޗިޓާއި، މަސައްކަތްކުރަމުންދިޔަ ތަނުގެ ފޮޓޯވެސް ހިއްސާކޮށްފައިވެ އެވެ.
ނަމަވެސް ޖޫރިމަނާކުރި އަދަދެއް އެނގޭކަށް ނެތެވެ.
ކައުންސިލްގެ ހުއްދަ ބޯޑް ނެތި ޕޭވްމަންޓް މަތީ މަސައްކަތް ކުރަމުންދިޔަ ފަރާތެއް ހުއްޓުވާ ޖޫރިމަނާ ކުރުން pic.twitter.com/DlPYizEH0s
— Malé City Council (@MaleCitymv) July 18, 2026
ގުޅުންހުރި ކަމެއް - ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބެހެއްޓުން ފަދަ ކަންކަން ވެސް ކައުންސިލުން ދަނީ މިހާރު ވަރަށް ގާތުން ބަލަމުންނެވެ. އަދި، އެފަދަ ކަންކަން ކުރާ މީހުން ދަނީ ޖޫރިމަނާ ކުރަމުން ވެސްމެ އެވެ.
ކޮމެންޓް