މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން (ފޮޓޯ/ޕޮލިސް)

ދޮޅު ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ހިމެނޭ 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި ރޫނާ ވެސް ހިމެނޭ ގޮތަށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރީ އިއްޔެ
1 ގަޑިއިރު ކުރިން

ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް، ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށް އިއްޔެ އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • އަލްޔާ ޝަރްސާ ނަސީރު، 25، ގ. މުތީގެއާގެ

  • އާމިނަތު ރޫނާ، 29، ބިޖިލީއުފާ/ކ. ތުލުސްދޫ

ތަފްސީލް - ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

މީގެ ކުރިން ފުލުހުން ކޯޓުގައި ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށާއި، މި މައްސަލާގައި ދެން ހިމެނޭ މީހާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.

މި މައްސަލާގައި ރޫނާ ހައްޔަރުކުރީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް