ހުޅުމާލޭގައި ހުންނަ ގުދަނެއްގެ ތެރެއިން ގިނަ އަދަދެއްގެ ކެނަބިސް ފެނުނު މައްސަލާގައި ދައުވާކުރި މުހައްމަދު ޝަރީފް --

ދައުވާ ލިބޭ މީހަކު ހާޒިރުނުކުރެވިގެން 6 ކިލޯގެ ޑްރަގު މައްސަލައެއްގައި ހުކުމްނުކުރެވިފައި

މިދިޔަ އޭޕްރީލް މަހުން ފެށިގެން ކްރިމިނަލް ކޯޓުން ޖުމުލަ ހަތް ފަހަރު މަތިން ތާވަލުކުރިޔަސް، މުހައްމަދު ޝަރީފް ހާޒިރުނުވެގެން އަޑުއެހުން ކެންސަލް ކުރަން ޖެހިފައިވޭ
1 ގަޑިއިރު ކުރިން

ހުޅުމާލޭގައި ހުންނަ ގުދަނެއްގެ ތެރެއިން 2020ގައި ގިނަ އަދަދެއްގެ ކެނަބިސް ފެނުނު މައްސަލައިގައި ދައުވާކުރި އެ ކުންފުނީގެ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމްނުކުރެވި އޮތް މައްސަލަ ބޮޑުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 14 ޖޫން 2020ގައި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސް ފެނިގެން ހައްޔަރުކުރީ:

  • މުހައްމަދު ޝަރީފް، އަސްރަފީގެ/ގދ. ވާދޫ

  • އަފްޒަލް ރަޝީދު، ކަރަންކާވިލާ/ގއ. ކޮލަމާފުށި

ވީކިހިނެއް؟ - ބޭސްފަރުވާއަށް ކަމަށް ބުނެ އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާތާ އަހަރުތަކެއް ވެފައިވާއިރު، އޭގެ ތެރެއިން ކޯޓަށް ހާޒިރުނުވަނީ ޝަރީފެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކްރިމިނަލް ކޯޓުން ޖުމުލަ ހަތް ފަހަރު މަތިން ތާވަލުކުރިޔަސް، އޭނާ ހާޒިރުނުވެގެން އަޑުއެހުން ކެންސަލް ކުރަން ޖެހިފައިވެ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ބުނީ ޝަރީފް ހާޒިރުނުކުރެވޭތީ އެ މައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެގޮތުން:

  • ޝަރީފް ކޯޓަށް ހާޒިރުނުވާތީ ބަންދުކޮށްގެން ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްގެން، މިދިޔަ އޭޕްރީލް މަހު އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައި ވެސްވޭ

  • އެކަމަކު މިހާތަނަށް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވޭ

އެނގުން މުހިންމު - ޝަރީފާއި އަފްޒަލް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަަހައްޓާފައިވަނިކޮށް، ޝަރީފް ދޫކޮށްލީ ނޮވެމްބަރު 2021ގަ އެވެ. އެގޮތުން:

  • އޭނާ ބަންދުން ދޫކޮށްލަން ނިންމީ ދައުލަތުން އެދިގެން

  • ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާން ޖެހޭތީ، ކަރެކްޝަންސްގެ ބަންދުގައި ހުރުމުން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްވާތީ ކަމަށް ބުނެ

އޭގެ ފަހުން 2022ގައި އަފްޒަލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށް، އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ދަމަހައްޓައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް