ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯ ބަންދުކުރުން. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ދުންހޮޅި ރަނގަޅު ކުރަންދެން ފުޑް ބިސްޓްރޯ ބަންދުކޮށްފި

އެތަނުގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ އެތެރެއަށް ދުމާއި މިރުސް ވަސް އަންނާތީ އެ ކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ނަސޭހަތް ދީފައިވޭ
1 ގަޑިއިރު ކުރިން

ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ އެތެރެއަށް ދުމާއި ވަސް އަންނާތީ، އެކަން ރަނގަޅު ކުރަންދެން އެ ކެފޭ ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން ފުޑް ބިސްޓްރޯ ބަންދުކުރީ މިއަދު ހުކުރު ނަމާދަށްފަހު އެވެ.

ތަފްސީލު - ސިޓީ ކައުންސިލުން ބުނީ ފުޑް ބިސްޓްރޯގެ ދުންހޮޅި ރަނގަޅުކުރަން ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެ މައްސަލަ ހައްލުކޮށްފައިނުވާ ކަމަށެވެ.

މިއަދު ފުޑް ބިސްޓްރޯ ބަންދުކުރީ ހުކުރު ނަމާދު ގަޑީގައި އެތަނުން ކައްކާ އެއްޗެހީގެ މިރުސް ވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫ ވާތީ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯ ބަންދުކުރުން. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

"ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން މިތަނަށް ވަނުމުން، މިތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދުވެ ފިލާފައި،" ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އެ ކެފޭ ބަންދުކުރީ ދުންހޮޅީގެ މައްސަލަ ހައްލު ކުރަންދެން، ވަގުތީ ގޮތުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް