ކައިވެނި ކުރުމަށްފަހު އާއިލާތަކާއެކު ލޮނުޒިޔާރަތް ޕާކްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަލަތު ކައިވެނީގެ ވަލީމާއަށް މާލޭން ހިލޭ ޖާގަ ހަމަޖައްސައިދެނީ
އަލަށް ކައިވެނިކުރާ މީހުންނަށް ވަލީމާ ޕާޓީ ބާއްވާނެ ޖާގަ ހިލޭ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ، މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގަ އެވެ. އެކަން ފާސްކުރަން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، އެކަމަކީ މި ދައުރުގެ އެމްޑީޕީ ކައުންސިލަރުންގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ.
ތަފްސީލް - މިއަދު ކައުންސިލުން ފާސްކުރީ، އެކަން ކުރާނެ ގޮތުގެ އުސޫލެއް ހެދުމަށް ފަހު، ވީހާ ވެސް އަވަހަކަށް އެކަން ހަމަޖައްސައިދެވޭނެ ގޮތެއް ހެދުމަށެވެ. އެހެންވެ، މުޅި ކައުންސިލުގެ އަގްލަބިއްޔަތުން ނިންމީ:
-
އަލަތު ކައިވެނީގެ ވަލީމާ ބާއްވަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަ އުސޫލެއްގެ ދަށުން މާލޭން ހިލޭ ޖާގަ ފޯރުކޮށްދޭން
-
ކައުންސިލުގެ ފައިނޭންސް އަދި ބަޖެޓު ކޮމިޓީ އާއި ސޯޝަލް ޖެންޑާ އަދި އެފެއާޒް ކޮމިޓީއަށް އެކަމުގެ އުސޫލު ހެދުމަށް ހަވާލުކުރަން
-
އެންމެ އަވަހަށް އޮންނަ ކައުންސިލް ބައްދަލުވުމުގެ ކުރިން އެ އުސޫލު ހަަދައި ނިންމަން
ކޮމެންޓް