ހުޅުމާލެ ހޮސްޕިޓަލުގެ އޯޕީޑީގައި ހިދުމަތް ދެމުން ދަނީ؛ - (ފޮޓޯ/ އައިޖީއެމްއެޗް)

ހިމަބިހި

ހިމަބިހި ޖެހުނު ޒުވާނަކު މަރުވެއްޖެ

އެނގިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ އިބްރާހީމް ދިޔާޝް ރަޝީދު، 24، ޑްރީމީލައިޓް/ ގދ. ފިޔޯރީ
1 ގަޑިއިރު ކުރިން

ހިމަބިހި ޖެހުނު ދިވެހި ޒުވާން ފިރިހެނަކު ނިޔާވެއްޖެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ އިބްރާހީމް ދިޔާޝް ރަޝީދު،24، ޑްރީމީލައިޓް/ ގދ. ފިޔޯރީ އެވެ.

އޭނާ ހިމަބިއްސަށް ޕޮޒިޓިވްވީ މިދިޔަ މަހު ކަމަށް މައުލޫމާތު ލިބެ އެވެ. ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގުން މުހިންމު - ހިމަބިހި ފެތުރޭލެއް އާންމުވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފައިވެ އެވެ.

އެޗްޕީއޭގެ އިލްތިމާސަކީ:

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

  • ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުން

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް