ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ރައީސް އޮފީހުން މައުލޫމާތު ނުދޭތީ ޖޫރިމަނާކޮށްފި (ފޮޓޯ/ރައީސް އޮފީސް)
އެތައް ފަހަރަކު އެންގުމުން ވެސް މައުލޫމާތު ނުދޭތީ އައިކޮމުން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި
އެތައް ފަހަރަކު އެންގުމުން ވެސް މައުލޫމާތު ނުދޭތީ އިންފޮމޭޝަން ކޮމިޝަަނަރުގެ އޮފީސް (އައިކޮމް)ން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވީކިިހިނެއް؟ - ރައީސް އޮފީސް ޖޫރިމަނާކުރުމަށް ނިންމީ ރާއްޖެ ޓީވީން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަަކަށް ރައީސް އޮފީހުން މައުލޫމާތު ނުދޭތީ މިއަދު ބޭއްވި އަޑުއެހުމެއްގަ އެވެ.
ތަފްސީލް - މިއަދު ބޭއްވި އަޑުއެހުމުގައި އަހުމަދު އާހިދު ރަޝީދު ވިދާޅުވީ ގާނޫނުގައި އެ އޮންނަ މުއްދަތުގައި މައުލޫމާތު ނުދިނުމުން ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި ދިން ފުރުސަތުގައި ވެސް މައުލޫމާތު ނުދީ، އައިކޮމްގެ އެންގުމާ ހިލާފުވެފައިވާ ކަމަށެވެ.
"އެ އެންގުމަށް އެ އިދާރާއިން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ނުވުމަކީ، ގާނޫނުގައި މި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަަނަރުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ގޮތުގައި ބެލެވޭނެ އަމަލަކަށްވާތީވެ އަޅުގަނޑު މި ގަސްދުކުރަނީ ޖޫރިމަނާކުރުމަށް،" އާހިދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރައީސް އޮފީހަށް ދެވޭ މުއްދަތުތަކުގެ ތެރޭގައި މައުލޫމާތު ނުދޭތީ މީގެ ކުރިން ވެސް ކިތަންމެ ފަހަރަކު އައިކޮމުން އިންޒާރު ދީފައި ވެސް ވެ އެވެ. ބައެއް މައްސަލަތަކުގައި، ފަހު ފުރުސަތު ދިނުމަށްފަހު ދެން ވެސް މައުލޫމާތު ނުދޭނަމަ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް އައިކޮމުން ބުނެފައިވެ އެވެ.
ކޮމެންޓް