ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ހިންގި ހަމަނުޖެހުން.

ޕީއެންސީ

ޕީއެންސީގެ އިންތިހާބު މާރާމާރީގައި 3 ވަނަ މީހަކު ހައްޔަރުކޮށްފި

އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުން؛ އެ އެންމެންނަކީ ވެސް ދިވެހިން
57 މިނިޓު ކުރިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، ގްރޫޕަކުން އެތަނަށް ވަދެ، މާރާމާރީ ހިންގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ވަކި ޕާޓީއަކާއި ސްކޫލެއްގެ ނަން ނުބުނެ ފުލުހުން ފުރަތަމަ ބުނީ ހޮނިހިރު ދުވަހުގެ ރޭ 9:15 ހާއިރު ބަޔަކު އެ ސްކޫލަށް ވަދެ، ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ދެ މީހުންނެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން ހަމަ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާ ހަދާފައިވެ އެވެ.

އެނގުން މުހިންމު - ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 4އަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި އެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރި ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.

ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބޭއްވި މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެތެރޭގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރި އެވެ.

އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް