11 ނޮވެމްބަރު 2025: ޖުމްހޫރީ ދުވަހުގެ ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ހުޅުވާލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައި، އެ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
ތަފްސީލު - މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިއަހަރު ވެސް އިނާމު ދޭން ނިންމާފައިވަނީ ހަތަރު ގިންތިއަކުންނެވެ. އެއީ:
-
މަތީ ތައުލީމާއި ތަމްރީން ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވުން
-
ރާއްޖެ ތަމްސީލުކުރަން ބައިވެރިވާ ބައިނަލްއަގްވާމީ މައުރަޒަކުންނުވަތަ މުބާރާތަކުން ނުވަތަ އެ ނޫނަސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވުން
-
ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކޮށްފައިވުން
-
ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން (18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އެކަނި)
އެނގުން މުހިންމު - މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުން އޮންނާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
އެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 31 އޮގަސްޓުގެ މެންދުރުފަހު 2 އަށެވެ.
އިނާމަށް ނަން ހުށަހެޅޭނީ ރައީސް އޮފީހުގެ 'ފޯމު ހުށަހެޅުން ޕޯޓަލް' މެދުވެރިކޮށް އެކަންޏެވެ.
ނަން ހުށަހަޅާއިރު ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތަކާއި ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށާއި، ހުރިހާ ލިޔުންތަކަކީ ވެސް އަސްލާ އެއްގޮތް ލިޔުންތައް ކަން ކަށަވަރުކޮށް، އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ހާއްސަ އިނާމާބެހޭ ކޮމިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް