މާލޭގައި ޓެކްސީތަތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

މާލެ

މާލެ މަގުތައް ތޮއްޖެހޭތީ އަވަސް ހައްލެއް ހޯދަން ރައީސް، އާ އޮފީހެއް އުފައްދަވައިފި

'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް'ގެ ނަމުގައި އަލަށް އުފެއްދި އެ އިދާރާ ހިންގާނީ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ދަށުން
1 ގަޑިއިރު ކުރިން

މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް'ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި އޮފީހެކެވެ.

އެ އޮފީސް ހިންގާނީ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ދަށުންނެވެ.

ތަފްސީލު - އެ އޮފީހުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅނަދުތަކުގެ އަދަދު އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމެވެ.

އެގޮތުން އެ އިދާރާއިން ކުރާނެ މަސައްކަތްތަކަކީ:

  • ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުން

  • ތޮއްޖެހުމުގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދަން ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން

  • މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުން

  • ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދުން

އެ އޮފީސް ހިންގާނީ، ރައީސް އޮފީހުން ބުނި ގޮތުގައި ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް