ސިނަމާލެ ބްރިޖުގެ ދުވާރުމަތީގައި ހަރުކޮށްފައި ހުރި ބޯޑެއް. (ފޮޓޯ/ސޯޝަލް މީޑިއާ)

ސިނަމާލެ ބްރިޖު

ބްރިޖުގައި ހުރި އާ ބޯޑުތަކަކުން ހިނގާ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ

މާލޭ ސިޓީ ކައުންސިލުން ބުނީ، ބްރިޖުގެ ކަންކަން ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށާއި އެކަން ރަނގަޅުކުރަން ލަފާދޭނެ ކަމަށް؛ މިކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ޖަވާބެއް ނުލިބޭ
1 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖުގައި އަލަށް ހަރުކޮށްފައި ހުރި ބޯޑުތަަކަކުން ކަސްރަތަށް ނުކުމެ އުޅޭ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބްރިޖުގެ ދުވާރުމައްޗަކީ ހިނގަން ނުވަތަ ދުވަން ނުކުމެ އުޅޭ މީހުން އާންމުކޮށް ބޭނުންކުރާ ތަނެކެވެ. ޝަކުވާ ބޮޑުވެގެން އުޅެނީ، ދުވާރުގެ އެއް އަރިމަތީގައި ހަރުކޮށްފައި ހުރި މި ބޯޑުތައް މާ ތިރީގައި ހުރުމުގެ ސަބަބުންނެވެ.

ބެލެވޭ ގޮތުގައި، އެ ބޯޑަކީ ބްރިޖުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލެއްގެ ކޮންޓްރޯލް ޔުނިޓެކެވެ. އެ ބޯޑުތައް ހަރުކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ބްރިޖުގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލެއް؛ ޝަކުވާ ބޮޑުވެފައިވަނީ އޭގެ ކޮންޓްރޯލް ޔުނިޓު ކަމަށް ބެލެވޭ ބޯޑެއް މާ ތިރީގައި ހުރުމުން.

ބުނީ ކީކޭ؟ - އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ބުނީ، އެ ބޯޑުތައް ހަރުކޮށްފައި ހުރީ ކޮނޑާ ހިސާބު ތިރީގައި ކަމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ، އެހާ ތިރީގައި ހަރުކޮށްފައި ހުރުމުން، ދުވަން ނުކުމެ އުޅޭ މީހުންނަށް އޭގެން އަނިޔާއެއް ވެދާނެތީ އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން، މާލޭ ސިޓީ ކައުންސިލުން 'ދައުރު'އަށް ބުނީ، ބްރިޖުގެ ކަންކަން މިހާރު ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށެވެ.

އެކަމަކު، އާންމުންނަށް އުނދަގޫވާ އެ ޒާތުގެ ކަންކަން ހައްލުކުރަން ކައުންސިލުން މަސައްކަތް ކުރާ ކަމަށާއި އެ ބޯޑުތައް ވެސް އާންމުންނަށް އުނދަގޫނުވާނެ ގޮތަކަށް ހަރުކުރަން މިނިސްޓްރީއަށް ލަފާދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޖަވާބެއް ނުލިބުނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް