ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖާއި ޔުނިވާސަލްގެ ޕްރޮގްރާމުގެ އާ ބުރެއް ފަށައިފި

އަލަށް ގުޅުނު މި ބެޗުތަކުގައި ހޮސްޕިޓާލިޓީ ކޯހުން 20 ދަރިވަރުން އަދި ކަލިނަރީ އާޓްސް ކޯހުން 10 ދަރިވަރުން ހިމެނޭ
1 ގަޑިއިރު ކުރިން

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުން ބިނާކުރުމަށް ހިންގާ 'ޑިސްކަވަ ހޮސްޕިޓާލިޓީ' ޕްރޮގްރާމްގެ ދަށުން، ހޮސްޕިޓާލިޓީ އަދި ކަލިނަރީ އާޓްސްގެ އެންމެ ފަހުގެ ބެޗުގެ ދަސްވެނިވުން ފާހަގަކޮށް، މި ޕްރޮގްރާމްގެ އާ ބެޗެއް އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިސްލާމީ މަރުކަޒުގެ ހޯލުގައި މިދިޔަ ބުދަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

ތަފްސީލް - މި ރަސްމިއްޔާތުގައި، ދަސްވެނިވި ދަރިވަރުންނަކީ ހޮސްޕިޓާލިޓީ ޕްރޮގްރާމްގެ 7 ވަނަ ބެޗު އަދި ކަލިނަރީ އާޓްސް ޕްރޮގްރާމްގެ 2 ވަނަ ބެޗުގެ ދަރިވަރުންނެވެ. އެގޮތުން، ސެޓްފިކެޓް ހަވާލުކޮށްފައިވަނީ:

  • ހޮސްޕިޓާލިޓީ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ނިންމި 18 ދަރިވަރަކަށް 

  • ކަލިނަރީ އާޓްސް ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ނިންމި 6 ދަރިވަރަކަށް

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)
ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ:

  • ހޮސްޕިޓާލިޓީ ދާއިރާގެ 8 ވަނަ ބެޗާއި ކަލިނަރީ އާޓްސް ދާއިރާގެ 3 ވަނަ ބެޗު އިފްތިތާހުކޮށްފައި 

  • އަލަށް ގުޅުނު މި ބެޗުތަކުގައި ހޮސްޕިޓާލިޓީ ކޯހުން 20 ދަރިވަރުން އަދި ކަލިނަރީ އާޓްސް ކޯހުން 10 ދަރިވަރުން ހިމެނޭ

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

އަލަށް ގުޅުނު ދަރިވަރުންނަށް ސްޕޮންސަޝިޕް ލިޔުން ހަވާލުކުރުން ވެސް މި ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްދިޔަ އެވެ. ކަލިނަރީ އާޓްސްގެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރާއި ސެންޓަރު ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޑިރެކްޓަރު އަދި ސްކޫލް އޮފް ހޮސްޕިޓާލިޓީ، ޓޫރިޒަމް އެންޑް އެކްސްޕީރިއެންޝަލް އިންޑަސްޓްރީޒްގެ އެކްޓިން ޑީން އަލީ ޝަރީފް އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

ހޮސްޕިޓާލިޓީ ދާއިރާގެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރު އަދި ވާސާ ހޮސްޕިޓާލިޓީގެ ސީއީއޯ ވިޝާ މާހިރާއި ވާސާ ހޮސްޕިޓާލިޓީގެ ޑިރެކްޓަރު ހިއުމަން ރިސޯސަސް އަދި ޔުނިވާސަލް ފައުންޑޭޝަންގެ ނައިބު ރައީސް އަލީ އާދަމް އެވެ.

މި ހަފްލާގައި، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާ އެކު ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށްދިޔަ އެވެ. މި ސެޝަން މޮޑަރޭޓްކޮށްދެއްވީ ބަރޮސް މޯލްޑިވްސްގެ ހިއުމަން ރިސޯސަސް މެނޭޖަރު އަލީ އަހުސަން އެވެ. ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ:

  • ވެލައްސަރު މޯލްޑިވްސްގެ އެޗުއާރު އެގްޒެކެޓިވް ޒަނާ ޒިޔާދު 

  • ކުރުނބާ މޯލްޑިވްސްގެ ފުޑް އެންޑް ބެވަރޭޖް ހޯސްޓެސް ފާތިމަތު ލަޔާ 

  • ހުވަފެންފުށި މޯލްޑިވްސްގެ ފްރަންޓް އޮފީސް މެނޭޖަރު މުހައްމަދު ވިސާމް

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

ޑިސްކަވަ ހޮސްޕިޓާލިޓީ ޕްރޮގްރާމް

2017ގައި ފެށި މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ހުރިހާ ހަރަދެއް ކުރަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ.

ހޮސްޕިޓާލިޓީގެ ސެޓްފިކެޓް ލެވެލް 3 ކޯހުގައި ފަތުރުވެރިކަމުގެ އޮޕަރޭޝަންތަކުގެ މައިގަނޑު ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ ފްރަންޓް އޮފީސް، ހައުސްކީޕިން އަދި ފުޑް އެންޑް ބެވަރޭޖް ސާވިސަސް އެވެ.

މީގެ އިތުރުން، 2024ގައި ތައާރަފުކުރި ކަލިނަރީ އާޓްސްގެ ސެޓްފިކެޓް ލެވެލް 3 ކޯހަކީ، ޕްރޮފެޝަނަލް ބަދިގެއެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރުތައް (ކާބޯތަކެތީގެ ރައްކާތެރިކަމާއި މެނޫ ޕްލޭންކުރުން ހިމެނޭހެން) ދަރިވަރުންނަށް ދަސްކޮށްދޭ ކޯހެކެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވަ ހޮސްޕިޓަލީ' ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށާއި އާ ބެޗެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

މި ކޯސްތައް ބައްޓަންކޮށްފައިވަނީ:

  • ތިއަރީގެ %20 އަދި %80 އަމަލީ ތަމްރީނު ހިމެނޭ ގޮތަށް 

  • ތިއަރީ ކްލާސްތައް ކުރިއަށްދަނީ ވިލާ ކޮލެޖުގައި

  • އަމަލީ ތަމްރީނުތައް ކުރިއަށްދަނީ ޔުނިވާސަލްގެ ރިސޯޓްތަކުގައި 

  • ކޯސް ކުރިއަށްދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް ވެސް ތަމްރީނުދޭ ރިސޯޓުން މަހަކު 3,000ރ.ގެ އެލަވަންސެއް ދޭނެ

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދަރިވަރުން ހޮވަނީ ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖްގެ ފަންނީ ޓީމަކުން ކުރިއަށްގެންދާ އިންޓަވިއުތަކަށް ފަހު އެވެ. ކޯސްތަކުގައި ކިޔަވައިދެއްވަނީ ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ގާބިލް ބޭފުޅުންނެވެ.

މިހާތަނަށް ހަތް ބެޗެއްގެ ތެރެއިން 164 ދަރިވަރުން ހޮސްޕިޓާލިޓީ ކޯސް ފުރިހަމަކޮށްފައިވާއިރު، ދެ ބެޗެއްގެ ތެރެއިން 15 ދަރިވަރުން ވަނީ ކަލިނަރީ އާޓްސް ކޯހުން ދަސްވެނިވެފަ އެވެ.

ޕްރޮގްރާމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރު މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ %65 މީހުން މިހާރު އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. މީގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އަދި އިތުރު %10 ކުދިން ދަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް