ވިލިމާލެ (ދައުރު ފައިލް ފޮޓޯ/ހުސެން ސުނޭން)
ވިލިމާލޭގައި ގްރޫޕް މާރާމާރީއެއް؛ 18 އަހަރުގެ ޒުވާނަކު ހިމެނޭހެން 4 މީހަކަށް އަނިޔާވެ ފަރުވާދެނީ
ވިލިމާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި، 18 އަހަރުގެ ޒުވާނަކު ހިމެނޭހެން، ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި ވިލިމާލޭ ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 3:12 އެހައިކަންހާއިރު އެވެ.
މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި ހަތަރު ފިރިހެނެކެވެ. އެ މީހުންގެ އުމުރަކީ:
-
18 އަހަރު
-
22 އަހަރު
-
27 އަހަރު
-
31 އަހަރު
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެވެ. ނަމަވެސް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް