ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ (ފޮޓޯ/ ހުޅުދުއްފާރު ކައުންސިލް)
ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފި
ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ދެ މަސް ދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ތަފްސީލް - މެޖިސްޓްރޭޓް ސަސްޕެންޑްކުރީ ދެ މަސް ދުވަހަށް ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އޭނާއާ މެދު ފިޔަވަޅު އެޅީ ކޮން ތުހުމަތެއްގައި ކަމެއް ޖޭއެސްސީން ނުބުނެ އެވެ.
ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑްކުރަނީ މައްސަލައިގެ ބާވަތާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބިނާކޮށް ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.
ޖޭއެސްސީގެ އެތެރޭގެ އުސޫލުތަކުގައި ވެސް، އެ ކޮމިޝަނަށް ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ލިބުމުން އެ ޝަކުވާގައި ކުރާ ތުހުމަތުގެ ތަފްސީލް ހާމަނުކުރަން އޮވެ އެވެ.
ކޮމެންޓް