ހޯރަފުށި ކައުންސިލްގެ މިދިޔަ ދައުރުގެ ކައުންސިލަރުން ތިިބި ކައުންސިލް ޖަލްސާއެއް؛ މި ކައުންސިލަރުންނަށް ދައުވާކުރުމަށް އޭސީސީން ވަނީ އެދިފައި (ފޮޓޯ/ ހޯރަފުށި ކައުންސިލް)

ކޮރަޕްޝަން

ހޯކްސްއަށް ބިމެއް ދިން މައްސަލާގައި ހޯރަފުށީ ކުރީގެ ކައުންސިލަރުންނަށް ކޮރަޕްޝަންގެ ދައުވާކުރަން އެދިއްޖެ

އޭސީސީން ބުނި ގޮތުގައި ކުރިން ހޯރަފުށި ކައުންސިލްގައި ތިިބި ހަތް މެންބަރުންނަށް ވެސް ދައުވާކުރުމަށް ޕީޖީ އޮފީހުގައި ވަނީ އެދިފައި؛ އޭގެ ތެރެއިން މިހާރުގެ ކައުންސިލްގައި ހުންނެވީ އެންމެ ކައުންސިލަރެއް
1 ގަޑިއިރު ކުރިން

ތެލުގެ ވިޔަފާރި ހިމެނޭ ގޮތަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކި ވިޔަފާރިތަައް ހިންގަމުންދާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ހއ. ހޯރަފުށިން ބިމެއް ދޫކުރި މައްސާލަގައި އެ ރަށުގެ ކުރީގެ ކައުންސިލަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަަ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

ވީކިހިނެއް؟ - އެ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ 20 އޭޕްރީލްގައި ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކައުންސިލަރުންނަށް ދައުވާކުރުމާ މެދު ޕީޖީ އޮފީހުން ގޮތެް ނިންމި ކަމެއް ނޭނގެ އެވެ.

ތަފްސީލް - އޭސީސީން ބުނި ގޮތުގައި ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ހޯކްސްއަށް އެ ރަށު ކައުންސިލުން ދޫކުރީ 5،000 އަކަފޫޓުގެ ބިމެކެވެ. އޭސީސީން ތުހުމަތުކުރި ގޮތުގައި އެ ބިން ދީފައިވަނީ ގަވާއިދާ ހިލާފަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އޭރު ކައުންސިލްގައި ތިބި ހަތް ކައުންސިލަރުންގެ މައްޗަށެވެ. އެއީ:

  • އޭރު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި ނައިބު ރައީސް އަހުމަދު އިމްދާހު

  • ކައުންސިލަރުންނަށް ތިއްބެވި އިބްރާހީމް ޝާކިރު، އަހުމަދު ރައޫފް، މަރިޔަމް ވަކީލާ، އާމިނަތު ވިސާމާ، އަދި އާމިނަތު ނާސިހާ

އެ ހަތް މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ

  • ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ

ފާހަގަކޮށްލެވޭ - އޭގެ ތެރެއިން މި ވަގުތު ކައުންސިލްގައި ހުންނެވީ ވިސާމާ އެކަންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް