ރާއްޖޭން ޑާޒަލެކްސްގެ ފޭކް އިންޖެކްޝަން ފެނިގެން އިންޒާރު ނެރެފައި (ފޮޓޯ/ ހެލްތު އެންޑް މީ)

ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ޑަބްލިއުއެޗުއޯއިން އިންޒާރު ދީފި

ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއް
1 ގަޑިއިރު ކުރިން

ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެޝަންތަކެއް ހުރިކަން ފާހަގަވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ޑަބްލިއުއެޗުއޯއިން އިންޒާރެއް ނެރެފި އެވެ.

އެނގުން މުހިންމު - ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ.

ވީކިހިނެއް؟ - ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗުއޯ)ގެ ރަސްމީ ވެބްސައިޓްގައި މިދިޔަ ހުކުރު ދުވަހު މި އިންޒާރު ނެރެފައިވަނީ ރާއްޖެ އާއި މެކްސިކޯގައި މި ބާވަތުގެ ފޭކް އިންޖެކްޝަންގެ ދެ ބެޗެއް ހުރި ކަމުގެ މައުލޫމާތު ޑަބްލިއުއެޗުއޯއަށް ލިބިގެނެވެ.

ތަފްސީލް - ޑަބްލިއުއެޗުއޯއިން ބުނީ މި ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށެވެ. އަދި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށް ވެސް ޑަބްލިއުއެޗް=ުއޯއިން ބުންޏެވެ. އެ ގޮތުން:

  • ބެޗު ނަންބަރު MYS7381 އަދި STV1K01 ހިމެނޭ އިންޖެކްޝަންތަކަކީ ފޭކްތަކެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވޭ

  • އޭގެ ތެރެއިން STV1K01 ބެޗު ރާއްޖޭން ފެނިފައިވާކަމުގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވޭ

މީގެ އިތުރުން، ފާހަގަކޮށްފައިވަނީ:

  • އެ ދެ ބެޗުގެ އިންޖެކްޝަންތަކުގެ ލެބް ޓެސްޓްތައް ހަދާފައިނުވާތީ އޭގެ އަސަރުތައް ދެނެގަނެވިފައެއްނުވޭ؛ އޭގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކެއް ހުރެދާނެކަމުގެ ބިރުވެރިކަން ވެސް އެބަ އޮތް

  • ރާއްޖޭން ފެނިފައިވާ ބެޗުގެ އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން އިންފެކްޝަން އުފެއްދުމާއި މީހާ ބަލިކޮށްލުން ފަދަ އަމާލާތްތަކެއް ފެނިފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް