ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ތުހުމަތުކުރެވޭ މީހާ ރޭ ދިއުމާ އެކު، އެ ގައުމުގެ ސީއައިޑީ އޮފިސަރުން އޭނާ ހައްޔަރުކޮށްގެން ގެންދަނީ.

ލަންކާގެ މަރެއްގައި ހިމެނޭ މީހަކު ރާއްޖޭގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

އޭނާ ހޯދަން ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ރާއްޖެއިން ހައްޔަރުކުރުމަށް ފަހު ލަންކާއަށް ފޮނުވާލީ ރޭގެ ވަގުތެއްގައި؛ މީނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް
1 ގަޑިއިރު ކުރިން

ސްރީ ލަންކާގައި ދެ ވަކީލަކަށް ބަޑިން ހަމަލާދީ މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖޭގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރާލި ދެ ވަކީލުންނަކީ ދެމަފިރިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ލަންކާގެ ވެރިރަށް ކޮލަމްބޯގެ އަކުރެގޮޑާ ސަރަހައްދުގައި މިދިޔަ 13 ފެބްރުއަރީގައި އެ ދެމަފިރިންގެ ގަޔަށް ބަޑިޖަހައި މަރާލީ ގޭންގަކުންނެވެ. އެ ދެ ވަކީލުންނަކީ މި ގޭންގުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ދެކޮޅަށް ކޯޓުގައި ވަކާލާތުކޮށްފައިވާ ދެ މީހުން ކަމަށްވެ އެވެ.

ތަފްސީލް - މި ހަމަލާއަށް ފަހު ރާއްޖޭގައި ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކުރި މީހަކީ، އެ ހަމަލާދިނުމަށް ބޭނުންކުރި އުޅަނދު ދުއްވަން އިން މީހާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ހައްޔަރުކުރީ، ލަންކާގެ ތަލަންގަމާ ޕޮލިސް ޑިވިޝަނުން އޭނާ ހޯދަން ރެޑް ނޯޓިސް ނެރެފައިވަނިކޮށެވެ.

ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި:

  • ރެޑް ނޯޓިހާ ގުޅިގެން އޭނާ ރާއްޖެއިން ހައްޔަރުކުރުމަށް ފަހު ލަންކާއަށް ފޮނުވާލީ ރޭގެ ވަގުތެއްގައި

  • އެ ގައުމަށް އޭނާ އެތެރެވުމާ އެކު ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން، އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އޮފިސަރުން ވަނީ އޭނާ ހައްޔަރުކޮށްފައި 

  • އިތުރު ތަހުގީގުތަކަށް އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި

ލަންކާއަށް ނިސްބަތްވާ 23 އަހަރުގެ މި ފިރިހެން މީހާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން، މިދިޔަ އަހަރު އެކަނި ވެސް ދެ ފަހަރެއްގެ މަތިން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އޭނާ ހައްޔަރުކޮށްފައިވެ އެވެ. މި ދެ ފަހަރު ވެސް ޖޫރިމަނާކޮށްފައި ދޫކޮށްލީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް