ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ، ކައުންސިލްތަކުގެ ޖަމިއްޔާއިން ބޭއްވި ފޯރަމެއްގައި (ފޮޓޯ: ވ. އަތޮޅު ކައުންސިލް)

އެމްޑީޕީ

ޮވ. ތިނަދޫ ރައީސްގެ ގޮނޑި ގެއްލުވާލި މައްސާލަގައި އެމްޑީޕީން ކޯޓަށް ދަނީ

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭން ނިންމީ އޭނާ ޑިމޮކްރެޓްސްގެ ޓިކެޓްގައި އިންތިހާބުވުމަށްފަހު އެމްޑީޕީއަށް ސޮއިކުރުމުން
1 ގަޑިއިރު ކުރިން

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ކަނޑައެޅި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާ ގޮތަށެވެ.

ވީކިހިނެއް؟ - ވ. އަތޮޅު ކައުންސިލް ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ޝުޖާއު މި އަހަރު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ، ވަރަށް މަދު ބަޔަކު ކުރިމަތިލި ޑިމޮކްރެޓްސް ޕާޓީންނެވެ. އެކަމަކު ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފަ އެވެެ.

އޭނާގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭން ނިންމީ އެހެންވެގެނެވެ.

ތަފްސީލް - އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ޝުޖާއުގެ ގޮނޑި ގެއްލުވާލީ ގާނޫނާ ހިލާފަށް އެމްޑީޕީގެ ގާނޫނީ ކޮމިޓީން ދެކޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ގާނޫނީ ކޮމިޓީން މަސައްކަތްކުރަމުން ގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭގައި އެންމެ ލަސްވެގެން ވެސް އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ، ޕާޓީގެ ގާނޫނީ ކޮމިޓީން ދަނީ އެ ކަމުގެ ގާނޫނީ މަސައްކަތްތައް ކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާހަގަކުރެވޭ - އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ގުޅިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ މިހާރު ވަނީ އުވާލާފަ އެވެ.

ޝުޖާއު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލުމުން ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް