ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ފުލުހަކު ފޯރިމަރަން ޑިއުޓީގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުން

ފުލުހުންގެ ހައްޔަރުން ފިލި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

މި މައްސަލާގައި ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް؛ ފުލުހުން ކޯޓުގައި ބުނީ، އޭނާ ހައްޔަރަށް ގެންގޮސްފައި ވަނިކޮށް، ޕޮލިސް ސްޓޭޝަނުން ނުކުމެގެން ދިޔައީ އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް ކަމަށް

ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ ޕޮލިސް ސްޓޭޝަނުން ފިލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނިކޮށް، ޕޮލިސް ސްޓޭޝަނުން ނުކުމެގެން ދިޔައީ އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް ކަމަށެވެ.

ތަފްސީލް - އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ:

  • ކޯޓު އަމުރެއްގެ ދަށުން މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަަރުގައި އިންދައި ޕޮލިސް ސްޓޭޝަނުން ފިލައިގެންގޮސްފައިވޭ

  • އެކަން އޭނާކުރީ، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނިކޮށް އެތަނުން ނުދިއުމަށާއި އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް

  • އޭނާ ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި އިތުރު ބަޔަކާ އެކު ފުލުހުންގެ މަރުކަޒުގައި ހަރަކާތްތެރިވެފައިވޭ

  • މިކަންކަން ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން ކަށަވަރުކުރެވޭ

  • ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ގާނޫނު ތަންފީޒުކުރަން ގަސްތުގައި ހުރަސްއަޅައި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިއަސް ކަމެއް

މީނާއާ ފުލުހުންގެ އިދާރާއަށް ގެންދިޔައީ ކޮން މައްސަލައެއްގައި ކަމެއް ބަންދު އަމުރުގައި ފާހަގަކޮށްފައެއްނުވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހައްޔަރުންނެއްޓުން

31 މިނިޓު ކުރިން
"ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުގައި އިންދައި..." ؟ ހައްޔަރުގައި އިނުމުގެ ހާދަ ތަފާތު މާނަތަކެއް އެބަހުރެޔޭދޯ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް