އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް،އެސް. ޕޯލް ކަޕޫރު ރައީސް މުއިއްޒުގެ އަރިހަށް 2024ވަނަ އަހަރު ކުރެއްވި ޒިޔާރަތުގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)

އެމެރިކާގެ ގުޅުމަށް އިސްކަމެއްދެން، ގުޅުން ފުޅާކުރަން ޓްރަމްޕާ ގާތުން މަސައްކަތްކުރަން އުންމީދުކުރަން: ރައީސް

ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު އެރުވި

އެމެރިކާއާ އެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ގާތުން މަސައްކަތްކުރައްވަން އުންމީދުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ޓްރަމްޕަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުވި ތަހުނިޔާ މެސެޖުގަ އެވެ.

ބުނީ ކީކޭ؟ - ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ވެސް މި އަހަރާ ދިމާވުމާ އެކު، މިއީ ދެ ގައުމަށް ވެސް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރެއްވި އެވެ. އެ ސިޓީގައި ވަނީ:

  • ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައި ވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަހުމަތްތެރިކަމާއި، ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން

  • އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެން

  • ސަލާމަތާއި ދިފާއީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާއި ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވި

  • ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރަހުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި ޓްރަމްޕާ އެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވި

"ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަހުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެ އެވެ." މިކަމާ ގުޅިގެން ރައީސް އޮފީހުން އާންމުކުރި ލިއުމުގައިވެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް