ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާ (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އަވަހަށް ނިންމަން ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް ހަދަނީ

މިއަދު އޮތް ވަޒީރުންގެ މަޖިލީހުން ނިންމީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރާށާއި ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ މުއްދަތަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް އަޅަން
1 ގަޑިއިރު ކުރިން

ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމޭކަން ކަށަވަރުކުރަން މަޝްރޫއުތައް  ދުވަހުން ދުވަހަށް ވިލަރެސް ކުރާނެ ހާއްސަ ޔުނިޓެއް ސަރުކާރުގެ ކޮންމެ މިނިސްްޓްރީއެއްގައި ގާއިމްކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، މަޝްރޫއުތައް ވީހާވެސް އަވަހަށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމެވުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން މިއަދުގެ މި ބައްދަލުވުމުގައި ނިންމެވި ކަމަށެވެ.

ތަފްސީލް - އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމުންތަކަކީ:

  • ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރަން ބޭނުންކުރާ 'ދުވެލި' ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް (ޕީއައިއެމްއެސް) ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކޮށް، އެއަށް ފަހު ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދަން

  • މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް، ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރަން

  • މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް، ކޮންމެ މިނިސްޓްރީއެއްގައި ގާއިމްކުރަން

  • ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމަން، މި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، ފިނޭންސް މިނިސްޓްރީއާ އެކު މަސައްކަތްތަކެއް ކުރަން

  • ޖެނުއަރީ 2027 ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ހާއްސަ އިސްކަމެއްދީގެން ކުރަން

  • ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވާން މާލެއެކޭ އެއްފަދައިން، އަތޮޅު ތެރޭގައި ވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި ކަމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް