މީގެ ކުރީ އަހަރެއްގެ ރީތި ތާރީހެއްގައި ކައިވެނި ކުރުމަށްފަހު އާއިލާތަކާއެކު ފެމިލީ ކޯޓު ސަރަހަދުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނި

މިއަދުގެ ތާރީހަކީ 26/6/26 ކަމަށް ވުމުން މާލޭން އެކަނި ފެމިލީ ކޯޓުގައި ކައިވެނިކުރުމަށް 50 ޖޯޑު ވަނީ ރަޖިސްޓްރީކޮށްފައި
1 ގަޑިއިރު ކުރިން

މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފެމިލި ކޯޓުން ބުނެފި އެވެ.

ތަފްސީލް - ފެމިލީ ކޯޓުން ބުނި ގޮތުގައި، މިއަދު ޖުމުލަ 50 ކައިވެނި އެ ކޯޓުން ކޮށްދޭއިރުގައި، އޭގެ ތެރެއިން ކޯޓުން ބޭރުގައި ކުރުމަށް ހުށަހަޅާފައިވާ ކައިވެންޏެވެ. އެ ގޮތުން:

  • ކޯޓުން ބޭރުގައި 39 ކައިވެނި

  • ކޯޓުގައި 11 ކައިވެނި

ފާހަގަކޮށްލެވޭ - ތާރީހުގައި ހިމެނޭ ނަންބަރުތަކުގެ ތެރޭގައި ނުވަތަ ނަންބަރުތައް ތަރުތީބުކުރެވޭ އިރު، އެއް ނަންބަރުތަކެއް ހިމެނޭ ރީތި ތާރިހުގައި ކައިވެނިކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވެފައިވާ ކަމެކެވެ.

މިއަދު ތާރީހު ރީތިވެގެން އުޅެނީ ވެސް އެ ގޮތަށް ތަރުތީބުކޮށް ލިޔާއިރު '26/6/26' މި ގޮތަށް ލިޔެވޭތީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް