ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓު

ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި 2 މީހަކު ހައްޔަރުކޮށްފި

ފިލުވަން އެހީތެރިވީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރުގައި ހުރި މީހެއް

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ފިލުވަން އެހީތެރިވީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރުގައި ހުރި މީހެކެވެ. މައްސަލައިގެ ތަފްސީލެއް ނެތެވެ.

ތަފްސީލް - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • އަހުމަދު އުވައިސް، 22، ހ. ލާމިޔާ

  • މުހައްމަދު އަނޫފް، 25، އިހާޒް/ނ. ވެލިދޫ

ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދަށް ވަނީ ޖަހާފަ އެވެ. ބަންދު އަމުރުގައި ބުނީ:

  • ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކުށް ކުރިކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ

  • އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖު ވެސް ހެކީގެ ގޮތުގައި ލިބިފައިވޭ

  • މީގެ ތެރެއިން އުވައިސްއަކީ ކުށުގެ ރެކޯޑު އޮތް މީހެއް

  • ދެ މީހުން ވެސް ބަންދަށް ލުއިދިނުމަށް އެދިފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް