ޓްރީ ޓޮޕުން ކުރިން ކުރިއަށްގެންދިޔަ ހިތާނީ ކޭމްޕެއްގެ ތެރެއިން. (ފައިލް ފޮޓޯ/ޓްރީ ޓޮޕް)
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ކޭމްޕުގައި ބައިވެރިވުމަށް އަންނަ މަހު 16ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލް - މި ކޭމްޕުގެ އަގަކީ:
-
ޕެކޭޖް އަގު: 6,500ރ. (އާސަންދައަށް ފަހު)
-
އާސަންދަ ކަވަރޭޖު: 1,000ރ.
-
ދައްކަންޖެހޭ އަދަދު: 5,500ރ.
ޑޮކްޓަރަށް ދެއްކުމާއި ހިތާނު ކުރުން ކުރިއަށްދާނީ އަންނަ މަހު 12 އިން 1 އޮގަސްޓަށެވެ.
ހިތާނީ ޕެކޭޖުގައި ހިމެނެނީ:
-
ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
-
ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
-
ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނު ކުރުން
-
އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
-
އޮޕަރޭޝަނަށް ފަހު ޑޭކެއާގައި މޮނިޓަ ކުރުން
-
ފޮލޯއަޕް ކޮންސަލްޓޭޝަން
-
އޮޕަރޭޝަނަށް ފަހު ލުއި ކެއުން
-
ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު
މި ކޭމްޕުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަން ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ:
-
ޑރ. އިބްރާހިމް މޫމިން
-
ޑރ. އުކްތަމް އަބްދުއްލައިވް
-
ޑރ. ހުސެއިން ހަދިޔޭވް
-
ޑރ. މުހައްމަދު ޝަރީފް
-
ޑރ. މެހެމަތު އޯޑާ
-
ޑރ. އަބްދުﷲ އުބައިދު
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިން ހިތްހަމަޖެހޭނެ ގޮތަށް ހާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި، މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް
-
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން
-
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން
-
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ކޮމެންޓް